English Edition
Dhivehi Edition

ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) ގެ ގަވަރނަރ ކަމުގެ މަޤާމަށް މައްޗަންގޮޅި ޑާޗާ، ޢަލީ ޙާޝިމް އަށްޔަންކޮށްފި އެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ގެ އޮފީގައި މިކަމަށްޓަކައި އޮތް ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް ޢަލީ ޙާޝިމް އަށްޔަންކޮށް އެކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހަވާލުކޮށްފައެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެ ވެރިކަމުގައި 2008 ވަނަ އަހަރުން 2010 ވަނަ އަހަރަށް އަލީ ހާޝިމް ވަނީ ފިނޭންސް މިނިސްޓަރު ކަންވެސް ކުރަށްވާފައެވެ.

ގަވަނަރު ކަމަށް އަކީ ހާޝިމް އައްޔަން ކުރީ އެމަގާމުގައި ކުރިން ހުންނެވި ގަވަނަރު އަހުމަދު ނަސީރު އިސްތިއުފާ ދެއްވުމުންނެވެ.

އެމްއެމްއޭ ގެ ގަވަރުނަރު ކަމަށް އަލީ ހާޝިމް ގެ ނަން މަޖިލީހަށް ހުށަހެޅީ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ.