English Edition
Dhivehi Edition

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލިފައިވާ މައްސަލައިގެ ޑްރާފްޓް ރިޕޯޓު މަޖިލީހުގެ މެމްބަރުންނާއި ހިއްސާ ކުރެއްވުމަށްވެސް ވިސްނަމުން ދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މިހާރު ވަނީ އެ ރިޕޯޓް ރައްޔިތުންގެ މަޖިލިހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ ހިއްސާ ކުރަށްވާފައެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޙުސްނުއް ސުޢޫދު، އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލިފައިވާ މައްސަލައިގެ ޑްރާފްޓް ރިޕޯޓު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އެރުވީ ހޯމަ ދުވަހުއެވެ.

މަޖިލީގެ ރައީސް އެ ރިޕޯޓް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ހިއްސާ ކުރެއްވުމުން ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.