މާދަމާ އައްޑޫސިޓީ ގައި ފަށާ މުދައްރިސުންގެ މަހާސިންތާ ގައި ބައިވެރިވާ ގިނަ މެހެމާނުން އައްޑޫސިޓީއަށް ވަޑައިގެންފިއެވެ.
މިއަދު ވަނީ އެޑިއުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢައިޝަތު ޢަލީ އާއި އެމިނިސްޓްރީ ގެ އިސް ބޭފުޅުންވެސް ވަޑައިގެންފައެވެ. މި ކޮންފަރެންސް ގައި ބައިވެރިވެ ވަޑައިގެންނެވުމަށްޓަކައި ނައިބް ރައީސް ފައިސަލް ނަސީމް މިރޭގެ ވަގުތެއްގައި އައްޑޫސިޓީއަށް ވަޑައިގަންނަވާނެ ކަމުގެ މަޢުލޫމާތު އޭއޯނިއުސް އަށް ވަނީ ލިބިފައެވެ. އެމަނިކުފާނަކީ މި މަހާސިންތާގެ ފުރަތަމަ ދުވަހުގެ ކީނޯޓް ސްޕީކަރ ވެސްމެއެވެ. ހިތަދޫ ޝަރަފުއްދީން ސްކޫލްގައި އޮންނަ މި މަހާސިންތާ ގައި މިހާރުކުރިއަށް ދަނީ ރިހާސަލްގެ ކަންތަކެވެ. އޭގެ އިތުރުން މިރޭވެސް ޚާއްސަ ޙަރަކާތެއް ހިންގުމަށް ވަނީ ރޭވިފައެވެ.
މިރޭ 8.30 ގައި ޝަރަފުއްދީން ގައި އެއްފަހަރާ އެއްވަގުތެއްގައި 2 އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ ކޮންފަރެންސްގެ ޕާޓްނަރުން މީޑިއާއަށް ތަޢާރަފް ކުރުމުގެ ގޮތުން ބާއްވާ މީޑިއާ ޙަރަކާތެއްގެ އިތުރުން ކޮންފަރެންސް ގެ ބައިވެރީން ރަޖިސްޓްރީ ކުރުމާއި ކިޓް ހަވާލު ވުމުގެ ޙަރަކާތެކެވެ.
ނޭޝަންލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި ކޭމްބްރިޖް ޔުނިވަސިޓީ ޕްރެސް ގުޅިގެން ބާއްވާ މި ކޮންފަރެންސް ގެ މެއިން ޕާޓްނަރުންގެ ގޮތުގައި ކޭމްބްރިޖް ޔުނިވަސިޓީ ޕްރެސް އާއި އައްޑޫ ސިޓީ ކައުންސިލް ހިމެނެއެވެ. ކޮންފަރެންސް ގެ މީޑީއާ ޕާޓްނާ އަކީ އޭއޯނިއުސް އެވެ. ޓްރެވެޕް ޕާޓްނާއަކީ އެމް ޕީ އެލް އެވެ. އެކޮމޮޑޭޝަން ޕާޓްނާ އަކީ އީކުއޭޓަރ ވިލެޖްއެވެ.
ޓީޗާސް ކޮންފަރެންސް ގެ ފުރަތަމަ ސެޝަން ފެށޭނީ މާދަމާ 9 ޖަހާ އިރު އޮންނަ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތާއެކުގައެވެ.