“ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2019” ގައި މިހާރު ބައިވެރިވެވޭނެ
5 މަސް ކުރިން
ޙަސަން ޙުސެއިން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދުވުމުގެ އިވެންޓްކަމުގައިވާ “ދިރާގު މޯލްޑިވްސް ރޯޑް 2019” ގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަންސް ފަށައިފިއެވެ.

Advt

2007 ވަނަ އަހަރުން ފެށިގެން ވިދިވިދި ގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި ރޭސް މިއަހަރު ބާއްވަން ރޭވިފައިވަނީ 20 ސެޕްޓެމްބަރ 2019 ވާ ހުކުރު ދުވަހު ހުޅުމާލޭގައިއެވެ. މި ކުލަގަދަ ހަރަކާތް ކާމިޔާބުކަމާ އެކު ބާއްވަމުން އަންނަތާ މީ 13 ވަނަ އަހަރެވެ.

Advt

Advertisement

މި ފަހަރުގެ ރޯޑް ރޭސް ގައި އެހެން އަހަރުތަކާ ހިލާފު ވަރަށް ގިނަ ކަންތައްތަކެއް އެކުލެވިގެންވެއެވެ.  އެގޮތުން މި އަހަރުގެ ރޭހުގައި ދުވުންތެރިންނަށް 5 ކިލޯމީޓަރާއި 10 ކިލޯމީޓަރގައި ދުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. މިއަހަރު ގެ ރޭހުގައި 10 ކިލޯމިޓަރ ގެ ދުވުންތެރިންގެ ދުވުން އޮންނާނީ ހެނދުނު 6:00 ގައިއެވެ. އަދި 5 ކިލޯމީޓަރގެ ދުވުން އޮންނާނީ ހަވީރު 4:30 ގައިއެވެ. އަދި ހަމައެހެންމެ، މިފަހަރު ރެޖިސްޓްރޭޝަން ފީ ނުވަތަ ޑޮނޭޝަން ދެއްކޭނީ ހަމައެކަނި އޮންލައިންކޮށް ރެޖިސްޓްރޭޝަން ކުރައްވާ ވަގުތުގައިއެވެ. ދިރާގު ޕޭ ނުވަތަ ބީ. އެމް. އެލް ގޭޓްވޭ މެދުވެރިކޮށް ރެޖިސްޓްރޭޝަން ފީ ނުވަތަ ޑޮނޭޝަން ދެއްކެވޭނެއެވެ. ދިރާގު ޕޭ އިން ފީ ދައްކަވާ ފުރަތަމަ 01،00 ފަރާތައް %50 ޑިސްކައުންޓު ލިބިވަޑައިގަންނަވާނެއެވެ. މިއަހަރުގެ ރެޖިސްޓްރޭޝަން ފީ އަކީ 100 ރުފިޔާއެވެ. އެހެންނަމަވެސް، ދުވުންތެރިންނަށް 100 ރުފިޔާއަށް ވުރެ އިތުރު ކޮންމެ އަދަދެއްވެސް ޑޮނޭޓްކުރެއްވުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ އިތުރުން މި އަހަރުގެ ރޭސް ޚާއްސަ ވާ އެނެއް ކަމަކީ، ރެޖިސްޓަރ ކުރައްވާ އިރު ދުވުންތެރިންނަށް ބޭނުން ފުޅުވާ ބިބް ނަންބަރވެސް ހިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެތީއެވެ. ބޭނުން ފުޅުވާ ބިބް ނަންބަރ ނަންގަވާނަމަ ރެޖިސްޓްރޭޝަން ފީ އަކީ 500 ރުފިޔާއެވެ.

މި ދުވުމުގައި ރެޖިސްޓަރ ކުރެއްވުމަށް ޒިޔާރތް ކުރަން ޖެހޭނީ  www.dmrr.mv  މި ލިންކަށެވެ.

ފާއިތުވެދިޔަ 13 އަހަރުގެ މާޒީގައި ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި އެންމެ ކާމިޔާބުކަމާ އެކު ބާއްވަމުން އަންނަ އެންމެ ބޮޑު ދުވުމުގެ ރޭސް އަދި އިޖުތިމާއީ ހަރަކާތްވެސް މެއެވެ. އެގޮތުން، މި ވޭތުވެދިޔާ 7 އަހަރު ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވަނީ ކުޑަކުދިންގެ ހައްގުތަކާއި އެކުދިންގެ ކުރިއެރުވުމަށް މަގުފަހި ކުރުމުގެ ގޮތުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ނުވަތަ އެން.ޖީ.އޯ ތަކަށް ފައިސާ ހޯދާނެ ގޮތަކަށްވެސް ވެފައިއެވެ.

މި ރޭސް މެދުވެރިކޮށް 2018 ވަނަ އަހަރު ވަނީ 10 އެން.ޖީ.އޯ އަކަށް ޖުމްލަ 600،000 ރުފިޔާ ދިރާގުން ހަދިޔާ ކޮށްފައިއެވެ. އެއީ ދުވުން ތެރިން ރެޖިސްޓްރޭޝަންގައި ދައްކަވާ ފީ ނުވަތަ ޑޮނޭޝަންގެ %100 ގެ އިތުރުން އެންމެ ގިނަ ދުވުންތެރިން ރެޖިސްޓްރޭޝަންގައި ހިޔާރުކުރި 5 ޖަމިއްޔާއަށް ދިރާގުން ހަދިޔާ ކުރި ޖުމްލަ 200،000 ރުފިޔާގެ ފައިސާގެ އިނާމެވެ.