ހުޅުމީދޫގައި މިހާރު ކުރިއަށްދާ މިނިވަން ޗެމްޕިއަން ޝިޕްގައި މިއަދު ކުޅުނު މެޗް ތަފާތު ބޮޑު ނަތީޖާއަކުން ފޭދޫ އެފްސީ ކާމިޔާބުކޮށްފިއެވެ. މީދޫ ރަސްމީ ދަނޑުގައި މިއަދު ކުޅުނު މެޗް ފޭދޫ ޓީމް ކާމިޔާބުކުރީ މީދޫ ޓީމާއި ބައްދަލުކޮށް 5 ލަނޑު 1 ލަނޑުންނެވެ. ފޭދޫ ޓީމުން ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ފުރަތަމަ ހާފްގައި ފޭދޫ ޓީމުން ދެ ލަނޑު ޖަހާ މެޗްގެ ލީޑް ނަގާފައިވާއިރު ދެވަނަ ހާފްގައި އިތުރު ތިން ލަނޑު ޖަހާ ފޭދޫ ޓީމުން ވަނީ މޮޅުކުޅުމެއް ދައްކާފައެވެ. ފޭދޫ ޓީމުގެ ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މައިކަލް، ޝާން، އަރްމީޝް ގެ އިތުރުން އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން އިސްމާއިލްއެވެ. މީދޫ ޓީމުން ޖެހި ހަމަ އެކަނި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނެލްޓީއަކުން މީދޫ ޓީމުގެ އަމީން އެވެ. މެޗްގެ ދެވަނަ ހާފްގެ ފުރަތަމަ ފަނަރަ މިނިޓްގައި މީދޫ ޓީމުން ފޭދޫގެ ޑިފެންސްލައިން ފޫ އަޅުވާލާ އެ ޓީމުގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާފައިވީ ނަމަވެސް މީދޫ ޓީމަށް ވަނީ އިތުރު ލަނޑެއް ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި ފޭދޫ ޓީމުގެ ޓޫކިލޯ އަށް ރީދޫ ކާޑެއް ދައްކާފައިވާއިރު މީދޫ ޓީމުގެ ސަމީނަށްވެސް ވަނީ ރީދޫ ކާޑެއް ދައްކާފައެވެ. މިއަދު މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބިފައިވަނީ ފޭދޫ ޓީމުގެ މައިކަލް އަށެވެ. މި މުބާރާތުގައި މީދޫ އާއި ހިތަދޫ ކުޅުނު މެޗުން މީދޫ ބަލިވެފައިވާއިރު މަރަދޫފޭދޫ އާއި ބައްދަލުކުރި މެޗް ނިމިފައިވަނީ އެއްވަރު އެއްވަރު ވެގެންނެވެ. އަދި ފޭދޫ އާއި މަރަދޫ ބައްދަލުކުރި މެޗުން ފޭދޫ މޮޅުވެފައިވާއިރު ހިތަދޫ އާއި ކުޅުނު މެޗު ވަނީ އެއްވަރުވެފައެވެ. މިއަދުގެ މެޗަކީ މީދޫ ޓީމުން މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް ވަރަށް މުހިއްމު މެޗެކެވެ. ދެން މި މުބާރާތުގެ މެޗެއް އޮންނަނީ 8 މެއި ވާ ހޯމަ ދުވަހުގައެވެ. މި މެޗްގައި ބައްދަލުކުރަނީ މަރަދޫ ޓީމާއި ހިތަދޫ ޓީމެވެ.