English Edition
Dhivehi Edition

މި އަހަރު ރޯދަ މަހުގެ ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިއަކީ ހެނދުނު 10:00 އިން މެންދުރު ފަހު 14:00 ކަމުގައި ހަމަޖައްސައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް އަލީ މުއާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހުގެ ވެސް ރަސްމީ ގަޑިއަކީ 10:00 އިން 14:00 އަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރު މުއައްޒަފުން މަސައްކަތް ކުރަން ޖެހޭނީ ދުވާލަކު ފަސް ގަޑިއިރެވެ. މިދިޔަ އަހަރުގެ ރޯދަ މަހުވެސް ރަސްމީ ގަޑި ގޮތުގައި ރައީސް އޮފީހުން ހަމަޖައްސާފައި ވަނީ ހަމަ އެ ގަޑިތަކެވެ. ކަލަންޑަރުގައި ބުނެފައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ 01 ވަނަ ދުވަހަކީ މެއި 27 ވާ ހޮނިހިރު ދުވަހެވެ.