English Edition
Dhivehi Edition

“އެން އެޕަލް ކީޕްސް ދަ ޑޮކްޓަރ އަވޭ” މިއީ އަބަދުވެސް އިވޭ ވާހަކައެކެވެ. މިއީ މާބޮޑަށް ވެސް ގަބޫލުކުރެވޭ ހަގީގަތެކެވެ. ސިއްޙީ މާހިރުން ކޮށްފައިވާ އާދިރާސާއެއްގައި ބުނެފައިވަނީ ހަކުރުބަލި ހުންނަ މީހުންނަށް އެންމެ ރަނގަޅު އެއް މޭވާއަކީ އާފަލެވެ. އާފަލުގައި ހިމެނޭ ފައިބާ، ފްރަކްޓޯސް އަދި އެންޓިއޮކްސިޑެންޓް ޕޯލްޕެނޯލްސް އިން ލޭގައި ހިމެނޭހަކުރުގެ މާއްދާ ދަށްކޮށްދެއެވެ.

އަދި ބައެއް ހޯދުންތަކުން ދައްކާގޮތުގައި ކޮންމެދުވަހަކު އާފަލެއްކެއުމުން ހަކުރުބަލީގެ ޝިކާރައަކަށް ވުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. ކޮންމެދުވަހަކު އާފަލެއް ކެއުމުގައި ބޭނުންކުރާ އަންހެން ބައެއްގެ މެދުގައި ކުރެވުނު ދިރާސާއެއްގައި ބުނެފައިވަނީ އެމީހުންގެ ތެރެއިން %28 އަންހެނުންގެ ހަށިގަނޑުގައި ހަކުރުހުންނަ މިންވަރު ރަނގަޅުކަމަށެވެ.

ކޮންމެދުވަހަކު ނާސްތާގައި އާފަލެއް ހިމަނަން ބޭނުންނަމަ ނިއުޓްރިޝަނުން ފުރިގެންވާ ފަސޭހައިން ތައްޔާރު ކޮށްލެވޭ މިސެލެޑް ތައް ތައްޔާރު ކޮށްގެން ކާށެވެ. އެޕަލް ސެލެޑަކީ ވަރަށް ގިނަ ވައްތަރަށް ތައްޔާރު ކުރެވޭނެ ސެލެޑެކެވެ. އެހެން ނަމަވެސް ތިރީގައި މިވާ 2 ރެސިޕީއަކީ ފަސޭހައިން ތައްޔާރު ކޮށްލެވޭ އަދި ހަކުރު ބަލިހުންނަ މީހުންނަށް ޙާއްސަ ދެރެސިޕީއެވެ.

ސެލެޑަށް ބޭނުންވާނެ ތަކެތި:

1 ފެހިއާފަލު

1 1/3 ޖޯޑު އޮލިވް އޮއިލް ފޮތިކޮށްފައި

ކޮރިއަންޑާފަތް

ސްޕްރިންގް އޮނިއަން (ކޮށާފައި)

އޮލިވްއޮއިލް

ތައްޔާރުކުރާނެގޮޮތް: އާފަލުތައް ބޭނުން ޝޭޕަކަށް ކޮށާލާށެވެ. އެއަށްފަހު އޮލިވްއޮއިލް، ކޮރިއަންޑާ ފަތް، ސްޕްއިންގް އޮނިއަން އަދި އޮލިވް އޮއިލް އަޅާފައި މަޑުމަޑުން ސަމުސަލުން އެއްކޮށްލާފައި ސާވްކުރާށެވެ. މި ސެލެޑަށް ބޭނުމިއްޔާ ރަހަލާވަރަށް މާމުއިކޮޅެއް އެއްކޮށްލެވިދާނެއެވެ.

އެޕަލް-ސެލެރީ ސެލެޑް:

އާފަލުކޮށާލުމަށްފަހު ސެލެރީ އާއި އެއްކުރާށެވެ. ރަހަ އިތުރަށް މީރުކޮށްލަން ސަމުސަލެއްގެ ލުނބޯހުތް ބޭނުން ކުރެވިދާނެއެވެ.ސެލެރީއަކީ ވެސް އޭގައި ޕޮޓޭޝިއަމް އަދި ފައިބަރ އެކުލެވޭ އެއްޗެކެވެ. މިސެލެޑަކީ ލޭގެ ޕްރެޝަރުވެސް ރަނގަޅުކޮށްދޭ ފައިދާއިން ފުރިގެންވާ ސެލެޑެކެވެ.

ހަކުރުބައްޔަކީ ވޭންބޮޑު ބައްޔެކެވެ. ބަލިޖެހުމުގެ ކުރިން ސަމާލުވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ބަލިޖެހުމަށް މެދުވެރިވާ ސަބަބުތައް ހޯދައި ކުރިން އެކަމަށް ސަމާލުވެހުރުން ބުއްދިވެރިއެވެ. އަބަދުވެސް ދުޅަހެހޮ ސިއްޙަތެއްގައި ހުރުމަށް ފައިދާހުރި ކާނާބޭނުން ކުރުމާއި ކަސްރަތު ކުރުމަކީ ގިނަބަލިތަކުން މީހާ ސަލަމަތްކޮށްދޭނެ ކަމެކެވެ.