English Edition
Dhivehi Edition

ސީޝެލްސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން ވިމެންސް ސިންގަލްސް އިން ރަން މެޑަލް ރާއްޖޭގެ އައިމިނަތު ނަބީހާ އަބްދުއްރައްޒާގް ހޯދައިފި އެވެ.

ނަބީހާ ރަން މެޑެލް ހޯދީ ސީޝެލްސްގެ ކެމިލީ އަލިސެން ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ފައިނަލް މެޗްގެ ފުރަތަމަ ސެޓް ނަބީހާ ކާމިޔާބް ކުރީ 21-14 އިންނެވެ. އަދި ދެވަނަ ސެޓް ނަބީހާ ވަނީ ފަސޭހަ ކަމާއި އެކު ސީޝެލްސްގެ ޗެމްޕިއަން ކެމިލާ 10-21 ބަލިކޮށް ރަން މެޑަލް ހޯދާފަ އެވެ.

އެންމެ ފުރަތަމަ ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި 1979 ވަނަ އަހަރު ލޯ މެޑަލް ހޯދި ނަބީހާ ބެޑްމިންޓަނުން މިއަދު މި ހޯދި ރަން މެޑެއްޔަކީ އެ ކުޅިވަރުގެ ދިވެހި ތާރީހުގައި ވެސް، ބައިނަލްއަގްވާމީ މުބާރާތަކުން ހޯދި ފުރަތަމަ ރަން މެޑެއްޔެވެ.

ނަބީހާ މިއިދު ހޯދި ރަން މެޑަލްއާ އެކު އިންޑިއަން އައިލެންޑް ގޭމްސްގައި ރާއްޖެއިން ހޯދި ރަން މެޑަލްގެ އަދަދު މިވަނީ ތިނަކަށް އަރާފަ އެވެ.

ބެޑްމިންޓަން ޑަބަލްސް އިވެންޓުން ފާތިމަތު ނަބީހާ އާއި ނަބީހާ ގެ ކޮއްކޮ އައިމިނަތު ނަބީހާ ވެސް ވަނީ ފައިނަލަށް ދަތުރުކޮށް ރިހި ނުވަތަ ރަން މެޑަލްއެއް ކަށަވަރު ކޮށްފަ އެވެ.

މިފަހަރުގެ ގޭމްސްގައި ރާއްޖެއިން ވަނީ މިހާތަނަށް 13 މެޑަލް ޔަގީންކޮށްފަ އެވެ.