English Edition
Dhivehi Edition

މިއަދުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ އެމެޖެންސީ ހާލަތްތަކަށް ތައްޔާރުވުމާބެހޭ މަސައްކަތު ބައްދަލުވުމެއް ރާއްޖޭގައި ފަށައިފިއެވެ.

މި ބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އިނގިރޭސި ވިލާތުގެ އެމެޖެންސީ ޕްލޭނިންގ ކޮލެޖާ އަދި ރާއްޖެއާއި ބޭރުގެ ކަމާބެހޭ ބައެއް ފަރާތްތައް ގުޅިގެން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ. މި މަސައްކަތު ބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް، އެމްއެންޑީއެފް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި ޞިއްޙީ ދާއިރާ އާއި ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ އިތުރުން މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުން މަންދޫބުން ވަނީ ބައިވެރިވެއެވެ.

މި މަސައްކަތު ބައްދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީ އެމެޖެންސީ ޙާލަތެއް ކުރިމަތިވެއްޖެ ނަމަ އަމަލުކުރާނެ މިހާރަށްވުރެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމާ އަދި އެފަދަ ކަންކަމަށް ތައްޔާރުވުމުގައި އަމަލުކުރާ ގޮތްތައް މިހާރަށްވުރެ ހަރުދަނާކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ ވިދާޅުވެފައެވެ.