English Edition
Dhivehi Edition

ލިޔުނީ: ނޫރާން ތަވީލް ޢަބްދުލް މުޙްސިން / ހުޅުދޫ ސްކޫލް

ބައިނަލް އަޤުވާމީ ސްކިލް ޑޭ ހުޅުދޫ ސްކޫލްގައި ފާހަގަ ކުރުމުގެ ގޮތުން ޚާއްސަ އެސެމްބްލީއެއް އެސްކޫލްގައި އިއްޔެ ބާއްވައިފިއެވެ.

މިއެސެމްބްލީގައި ރުކުގެ ފަން އަދި ފަންވަތް ބޭނުންކޮށްގެން ތަފާތު ތަކެތި ތައްޔާރު ކުރުމާއި ބެހޭ މައުލޫމާތު ދަރިވަރުންނަށް ވަނީދީފައެވެ. މިމައުލޫމާތު ދެއްވީ ބެލެނިވެރިންގެ ތެރެއިން ރުކުގެ ފަން އަދި ފަންވަތް ބޭނުން ކޮށްގެން ތަފާތު ތަކެތި ތައްޔާރު ކުރަން ދަންނަ ބޭފުޅުން ސްކޫލަށް ވަޑައިގެން އަމަލީ ގޮތުން ދަރިވަރުންނަށް މަސައްކަތް ކުރާގޮތް ދައްކައިގެންނެވެ.

އެގޮތުން ފަންވިޔުމާއި މުޅޯށިވިއުން އަދި ރުކުގެ ފަންވަތް ބޭނުންކޮށްގެން ތަފާތު ތަކެތި ތައްޔާރު ކުރެވުނެވެ.

މި ހަރަކާތުގައި ސްކޫލްގެ ހުރިހާ ދަރިވަރުންނާއި މުދައްރިސުން ބައިވެރިވިއެވެ. މިހަރަކާތް ނިމިގެން ދިޔައީ ކޮންމެ ދަރިވަރަކަށްވެސް އަމަލީ ގޮތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންނެވެ.

މި ފަދަ މަސއްކަތްތެރިކަމަކީ ، ކުރީޒަމާނުގައި ކުރަމުން އަންނަ މަސައްކަތަކަށްވިޔަސް މިހާރު މަޑުމަޑުން އުވިގެންދާ ދިވެހިންގެ މަސައްކަތް ތެރިކަމުގެ ތެރޭގައި ހިމެނޭކަމެކެވެ.

އެހެންކަމުން މިހަރަކާތް ސްކޫލްގައި ކުރިއަށް ގެންދިއުމުގެ މައިގަޑުމަޤުސަދަކީ، މިފަދަ މަސައްކަތްތެރިންކަން ދިރުވާ އާލާކުރުންކަމަށް ސްކޫލްގެ މެނޭޖްމަންޓުން ހާމަ ކުރައްވައެވެ.