English Edition
Dhivehi Edition

މިނިިވަންޗެމްޕިއަން ޝިޕްގައި މިއަދު ހަވީރު މަރަދޫއާއި މަރަދޫފޭދޫ ބައްދަލުކުރި މެޗު ފަސޭހަ ކަމާއި އެކު މަރަދޫ އެފްސީއިން ކާމިޔާބުކޮށްފިއެވެ. މިއަދު ހަވީރު މީދޫ ރަސްމީ ދަނޑުގައި ކުޅުނުމެޗުން މަރަދޫ މޮޅުވެފައި ވަނީ 5-0 ލަނޑުގެ ބޮޑު ތަފާތަކުން ނެވެ.މިއަދުގެ މެޗު ފެށުނީސްސުރެ މޮޅު ކުޅުމެއް ދެއްކި މަރަދޫގެ ޓީމުން ވަނީ މެޗުގައި މަރަދޫ ފޭދޫގެ ފަހަތަށް ބާރު ބޮޑުކޮށް ގިނަ ހަމަލާތައް މަރަދޫފޭދޫގެ ގޯލާއި ދިމާކޮށް ފޮނުވާފައެވެ. މިގޮތުން ފުރަތަމަ ހާފުގެ 22 ވަނަ މިނެޓްގައި މަރަދޫއެފްސީގެ ކެޕްޓަން އަބްދުﷲ ވާޒިއު ވަނީ މަރަދޫއެފްސީއަށް މެޗުގެ ލީޑުނަގައި ދީފައެވެ. ވާޒިއު ވަނީ މިމެޗުގެއި އިތުރު ދެ ލަނޑު ކާމިޔާބުކޮށް މި މެޗުގައި ހެޓްރިކްވެސް ހަދާފައެވެ.ވާޒިއުގެ އަނެއް ދެލަނޑު ޖަހާފައިވަނީ މެޗުގެ 29 ވަނަ މިނެޓް އަދި މެޗުގެ 87ވަނަ މިނެޓްގައެވެ. މިއަދުގެ މެޗުގައި މަރަދޫއެޕްސީގެ އަނެއް ދެ ލަނޑު ޖަހާ ދީފައިވަނީ މެޗުގެ 33ވަނަ މިނެޓް އަދި 81 ވަނަ މިނެޓްގައި މަރަދޫގެ ޒުވާން އިތުބާރު ޕޯވާޑް އަޙްމަދު ތޮލާލުއެވެ. މިނިވަންޗެމްޕިއަން ޝިޕްގައި މަރަދޫއެފްސީ ކުޅުނު ފުރަތަމަ މެޗުން މަރަދޫއެފްސީ ވަނީ 4-1 ލަނޑުން ފޭދޫ އަތުން ބަލިވެފައެވެ.މި މުބާރާތުގައި ދެން މަރަދޫ ކުޅޭމެޗެެއް އޮންނާނީ މިމަހުގެ 8ވަނަ ދުވަހު ހިތަދޫއާއި ދެކޮޅަށެވެ. މިމުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ.މާދަމާގެ މެޗުގައި ބައްދަލު ކުރާނީ މީދޫ އަދި ފޭދޫއެވެ.