English Edition
Dhivehi Edition

ރަމަޟާން މަހަށް “ހަފްތާރެސް” ވީކެންޑް މާކެޓް މެދުކެނޑުމަށް ފަހު 05 ޖުލައި 2019 ވާ ހުކުރު ދުވަހު ހަފްތާރެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އިން ބުނެފިއެވެ.

ރަމަޝާންމަހަށް މެދުކަނޑާލުމަށްފަހު ކޮންމެ ހަފްތާ ބަންދެއްގައި ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ހަފްތާރެސް ދެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފިޠުރު ޢީދަށްފަހުގައި ކަމަށް މީގެ ކުރިން މިނިސްޓްރީންވަނީ ބުނެފައެވެ.

ކޮންމެ ހަފްތާ ބަންދަކު ވީކެންޑް މާކެޓެއް ބޭއްވުމަށް ރައީސް ޞާލިހު ވެވަޑައިގަންނަވާފައިވާ ވަޢުދުގެ ދަށުން އިންތިޒާމްކުރާ ހަފްތާރެސްގެ ހަރަކާތުގެ ތެރެއިން ކުޑަކުދިންގެ ހަވީރާއި، މުދާވިއްކާ ސްޓޯލްތަކާއި މުނިފޫނިފިލުވުމުގެ ހަރަކާތްތައް ކުރިއަށްގެންދެއެވެ. މި މާކެޓްގައި ސްޓޯލްތައް ދޫކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ކަނބަލުންނަށާއި އަލަށް ވިޔަފާރީގެ ތެރެއަށް ނުކުންނަ ޒުވާނުންނަށް އިސްކަންދީގެންނެވެ.ހަފްތާ ބަންދުގައި ކުރިއަށް މި ބާޒާރަކީ ތަފާތު މާހައުލެއްގައި ގިނަ ރައްޔިތުން އެއްތަނަކުން ބައްދަލުވެ، ވަގުތު ހޭދަކޮށްލުމަށް މަގުފަހިކޮށްދިނުމަށް ބާއްވާ ބާޒާރެއްކަމަށް ޔޫތް މިނިސްޓްރީންވަނީ ބުނެފައެވެ.