English Edition
Dhivehi Edition

ރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ފުލުހުންނާއި ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަޙްޤީޤު ކުރަމުން ގެންދަނިކޮށް އެމަނިކުފާނު ރާއްޖެއިން ބޭރަށް ފުރައިވަޑައިގެންފި އެވެ.

ފަނޑިޔާރު ދީދީގެ މައްސަލައެއް ފުލުހުން ތަޙްޤީޤު ނުކުރާ ކަމަށް މިމަހުގެ 10 ވަނަ ދުވަހު ފުލުހުން އެމަނިކުފާނަށް އެނގި ނަމަވެސް ފުލުހުން އޭގެ ފަހުން ޖޭއެސްސީއަށް ފޮނުވާފައިވާ ސިޓީއެއްގައި ފަނޑިޔާރު ދީދީގެ މައްސަަލަތަކެއް ތަޙްޤީޤު ކުރާކަމަށް ބުނެފައިވެއެވެ. ނަމަވެސް މިހާތަނަށް ދީދީ އާއި އެއްވެސް މައްސަލައެއްގައި ފުލުހުން ސުވާލުކޮށްފައެއް ނުވެއެވެ.

ދީދީގެ ޤާނޫނީ ވަކީލުން ވިދާޅުވީ ދީދީގެ މައްސަލައެއް ފުލުހުން ތަޙްޤީޤު ކުރާކަން އަންގާފައި ނެތްކަމަށާއި، އަދި އެމަނިކުފާނު ރާއްޖެ އިން ބޭރަށް ފުރުން ވެސް އެއްވެސް ފަރާތަކުން މަނާކޮށްފައި ނެތް ކަމަށެވެ.

ފަނޑިޔާރު ދީދީގެ އާއިލާ ކުރިން ފެށިގެން ދިރިއުޅުއްވަމުން ގެންދަވަނީ ރާއްޖެ އިން ބޭރުގައެވެ. މައުލޫމާތު ލިބޭގޮތުގައި ފަންޑިޔާރު ޑީޑީ މިރޭ ފުރާވަޑައިގެންފައިވަނީ ބޭސްފަރުވާގެ ބޭނުމަށް މެލޭޝިޔާ އަށެވެ.