English Edition
Dhivehi Edition

ބަޖެޓް އެއަރލައިނެއްކަމަށްވާ ބުލޫ ޕެނެރޯމާ އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް މިއަދު ފަށައިފި އެވެ.

މިއީ ޕޮލެންޑުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށި ފުރަތަމަ ފަހަރުވެސް މެއެވެ. މި ފްލައިޓުން 264 ފަސިންޖަރުން ރާއްޖެ އައިސްފައިވެއެވެ. ބުލޫ ޕެނެރޯމާގެ ފްލައިޓަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޚާއްސަ ރަސްމިއްޔާތެއްވަނީ ބައްވާފައެވެ.

ބްލޫ ޕެނެރޯމާގެ ދަތުރުތައް ރާއްޖެއަށް ފެށި ދެވަނަ ފަހަރުކަމަށާއި މިވަގުތު ޕޮލެންޑްއިން ފެށިކަމުގައިވީނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު މަންޒިލްތަކުން ރާއްޖެއަށް ފްލައިޓް އޮޕަރޭޓްކުރަން ރާވާފައިވާކަމަށް ސަން އޯޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ރަޝީދު ވިދާޅުވިއެވެ. އެގެއިތުރުން އެކްސްކުލޫސިވް ޓުއަރ އޮޕަރޭޓަރ އިޓާކާ ގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑު ލިބިގެން މިކަން ކާމިޔާބު ކުރެވުނީ ރަޝީދު ވިދާޅުވިއެވެ.

އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞޯލިޙް ވިދާޅުވީ ރާއްޖެއަށް އަނެއްކާވެސް އިތުރު އެއަރލައިނަކުން ދަތުރުތައް ފެށުމަކީ އެއަރޕޯޓަށް ލިބުނު ކުރިއެރުމެއްކަމަށާއި ޕޮލެންޑްއިން ރާއްޖެއަށް އިތުރު ޓުއަރިސްޓުން ގެނައުމަށް މަގުފަހިވެގެންދާނެކަމުގައެވެ.

1998 ވަނަ އަހަރުން ފެށިގެން ޚިދުމަތްދެމުން އަންނަ މި އެއަރލައިނުން 34 މަންޒިލަކަށް ދަތުރުކުރެއެވެ. އަންނަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ހަފްތާއަކު އެއްފަހަރު މިއެއަރލައިނުން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތައް ބާއްވާނެއެވެ.