English Edition
Dhivehi Edition

މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން ނުބާއްވާގޮތަށް ނިންމަވައިފިއެވެ.

ރައީސްގެ ދެކަނބަލުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އީދު ސަލާމް ކުރެއްވުން މޫސުން ގޯސްވުމުގެ ސަބަބުންނުބާއްވާގޮތަށް ހަމަ ޖެހުނުކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ ޓްވީޓް ކުރައްވާ އަންގަވާފައވެ.
މާދަމާ، މީލާދީ ސަނަތުން 2019 ވަނަ އަހަރުގެ ޖޫން މަހުގެ ހަތަރެއްވާ އަންގާރަ ދުވަހަކީ 1440 ވަނަ އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅައި އިސްލާމިކް މިނިސްޓްރީން މިރޭ ވަނީ އިއުލާންކޮށްފައެވެ.އެކަން އިއުލާންކޮށްފައިވަނީ އެ މިނިސްޓްރީގައި މިރޭ ބޭއްވި ހަނދު ކޮމިޓީގެ ބައްދަލުވުމުގައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ގައުމީ މޫސުމާ ބެހޭ އިދާރާއިން ވަނީ ރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށް ވައިޓް އެލާޓު ނެރެފައެވެ. އެގޮތުން މިއަދު ވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ދެމެދުގެ ރަށްތަކަށާއި ހުވަދު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައެވެ.