English Edition
Dhivehi Edition

މިހިނގާ ޖޫން 3 ވަނަ ދުވަހުގެ ހަވީރުން ފެށިގެން ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިން ލަފާކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން އިން މިއަދު ބުނީ، މިމުއްދަތުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ބޮޑަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވެނީ މެދު ތެރެއާއި އުތުރުގެ އަތޮޅުތަކަށެވެ. ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށްވެސް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މިކަމުގެ ސަބަބުން ދިމާވެދާނެ ގެއްލުމުންސަލާމަށްވުމަށް އެއްގަމާއި ޚާއްޞަކޮށް ކަނޑުދަތުރު ކުރާފަރާތްތައް،ދަތުރުކުރުމުގައި މޫސުމަށް ބައްލަވައިގެން ދަތުރު ކުރެއްވުމަށް ވެސް މެޓް އޮފީހުންވަނީ އިލްތިމާސް ކޮށްފައެވެ.

މި ލަފާކުރުންތަކާއި އެކު ،ފިތުރު ޢީދު ދުވަހާއި ބަންދު ދުވަސްތަކަުގައި ވިއްސާރަކުރާނެއެވެ.ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު މިހާރު ދަނީ ގަދަވަމުންނެވެ.