English Edition
Dhivehi Edition

1440 ވަނަ އަހަރުގެ ފިތުރު ޢީދު ނަމާދު އައްޑުސިޓީގައި ކުރާނެ ސަރަހައްދުތައް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބޮޑު ޖަމާއަތެއްގައި އީދު ނަމާދު ކުރަން ހަމަޖެހިފައިވަނީ 3 ސަރަހައްދެއްގައި ކަމަށެވެ. އެއީ ހިދަދޫ ސްޓޭޑިއަމް ދަނޑު ސަރަހައްދާއި ފޭދޫގެ ރަށްދެބައިމަގާދިމާލުން ދެކުނުފަރާތު ހިއްކިބިމުގައިޔާއި ހުޅުމީދޫގެ ޕޮލިސް ސްޓޭޝަން ދަނޑުގައެވެ.

މީގެ އިތުރުން މި އިއުލާނުގައި ބުނެފައިވަނީ، ހިތަދޫގެ މަސްޖިދުލް އިކްރާމް، މަސްޖިދުއްޝޫރާ، މަސްޖިދުއްޒިކުރާ، ހުކުރުމިސްކިތް، އައިމަލި މިސްކިތް، މަސްޖިދުއް ތަގުވާގައި އީދު ނަމާދު ކުރެވޭނެކަމަށެވެ. އަދި މަރާދޫ އާއި މަރަދޫފޭދޫގެ މަސްޖިދުއްޝާފީއީ، މަސްޖިދުލް އިހްލާސް، މަސްޖިދުލް ޝައުބް،މަސްޖިދުއްނޫރުއަދި މަސްޖިދުއް ތަޤްވާގައި ކުރެވޭނެކަމަށެވެ.

އަދި ފޭދޫގެ މަސްޖިދުލް ފަލާޙްގައި އީދު ނަމާދު ކުރާއިރު ހުޅުމީދޫގެ މަސްޖިދު އަބްދުﷲބިން އިބްރާހިމް، ހުކުރު މިސްކިތް، މަސްޖިދުއް އިބްރާހިމް މަޖުދުއްދީން އާއި މަސްޖިދުއް ތަޛްކިރާގައި އީދުނަމާދު ކުރަނެކަމަށް އިއުލާނުގައި ވެއެވެ.