English Edition
Dhivehi Edition

2016 ވަނަ އަހަރު ރާއްޖޭގެ ގޮނޑުދޮށްތަކުން ކުނީގެ ގޮތުގައި ނަގާފައިވާ ޕްލާސްޓިކް ބޭނުންކޮށްގެން ތައާރަފުކުރި ބޫޓް އުފެއްދުން އިތުރުކޮށް މިއަހަރު 11 މިލިޔަން ބޫޓް އެޑިޑާސް ކުންފުނިން އުފެއްދުމަށް ނިންމައިފި އެވެ.

“ދަ މެރިޓައިމް އެގްޒެކެޓިވް” ވިޔަފާރީގެ ޚަބަރުތައް ގެނެސްދޭ މަޖައްލާއަށް ބުނިގޮތުގައި ގޮނޑުދޮށްތައް ސާފުކުރުމުގެ ތެރޭގައި ނަގާފައިވާ ޕްލާސްޓިކް ބޭނުންކޮށްގެން މިދިޔަ އަހަރު ފަސް މިލިޔަން ބޫޓް އުފައްދާފައި ކަމަށާއި މިއަހަރު އެފަދަ 11 މިލިޔަން ބޫޓް އުފައްދަން ނިންމާފައިވާ ބުނެފައިވެއެވެ.

2016 ވަނަ އަހަރު ތައާރަފްކުރި ބޫޓް “އަލްޓްރާ ބޫސްޓް އަންކޭޖްޑް ޕާލީ ރަނިން ޝޫ” އުފެއްދީ ރާއްޖޭގެ ގޮނޑުދޮށްތަކުން ނަގާފައިވާ ޕްލާސްޓިކް ބޭނުންކޮށްގެންކަމުގައެވެ. މީގެ ބޫޓެއްގެ އަގު 50.99 އެމެރިކާ ޑޮލަރއިން 119.99 ޑޮލަރަށް ލިބެންހުންނަނެ ކަމަށް މައުލޫމަތުދެއެވެ.

ރާއްޖޭއިން އުކާލާ ޕްލާސްޓިކާއި ރާއްޖޭގެ ފަރުތަކާއި، މޫދު ސާފުކޮށްގެން ނަގާ ޕްލާސްޓިކް ބޭނުންކޮށްގެން “އެޑިޑާސް” ކުންފުނިން ފަރުމާ ކޮށްފައިވާ ފުރަތަމަ ހޭންޑްމޭޑް 100 ބޫޓުގެ ތެރެއިން ބޫޓެއް، ކުރީގެ ރައިސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް 2016ވަނަ އަހަރު ދެއްވާފައިވެއެވެ.