English Edition
Dhivehi Edition

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ ކ.ދިއްފުށީ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު ވިދާޅުވީ އެ އަންހެން މީހާ ގެއްލުނީ ޞަފާ އާއި މަރުވާއާ ދޭތެރޭ ހިނގުމުގެ ތެރޭގައި މިިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. މި މައްސަލަ މިހާރު ފުލުހަށް ރިޕޯޓްކޮށްފައިވާއިރު މި އަންހެންމީހާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްދާ ކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ.

ގެއްލުނު އަންހެން މީހާއާއި އެކު އޭނާގެ ފިރިމީހާވެސް އުމްރާއަށް ދިޔަ ކަމަށް އާއިލާއިންވަނީ ބުނެފައެވެ.

މި އަހަރުވެސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 84 މީހަކު އުމްރާއަށް ގޮސްފައިވާއިރު އެމީހުންގެ ހާލު ރަގަޅުކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ.