ޢުމުރުން ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި ޖިންސީ ގޯނާ ކުރި ކަމަށްބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މި މައްސަލާގައި ފުލުހުން ތުހުމަތު ކުރަނީ އަންހެން ކުއްޖާގެ އެއްބަނޑު އެއްބަފާ ދެ ބޭބެއިންނަށެވެ.
މިފަދަ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުންނާއި ޖެންޑަ މިނިސްޓްރީން ވެސް ވަނީ މީޑިއާއަށް ޔަގީންކޮށްދީފަ އެވެ.
ފުލުހުން ވިދާޅުވީ މި މަހުގެ 10ވަނަ ދުވަހުގެ ރޭ 10:40 އެހާކަށްހާއިރު ތިނަދޫގައި ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ހާނިއްކަ ލިބޭ ކަމަށް އަތޮޅު ތެރެއިން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ
އެ މައްސަލަ އިތުރަށް ބެލިބެލުމުން ފާހަގަކުރެވިގެން ދިޔައީ އެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތަކީ އަންހެން ކުއްޖާގެ 13 އަހަރާއި 16 އަހަރުގެ ބޭބެއިން ކަމަށެވެ. ފުލުހުން ވިދާޅުވީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީގު ކުރަމުން އަންނަ ކަމަށެވެ.
އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީއިން ބުނެފައި ވަނީ ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ކުއްޖާ “ރައްކާތެރި މާހައުލަކަށް” ބަދަލުކޮށްފައިވާ ކަމަށެވެ.