English Edition
Dhivehi Edition

ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ބާއްވާ އެކި އެކި ހަރަކާތްތަކުގައި ބޭނުންކުރާ ބޭގް ފަރުމާކޮށްގެން 25000 ރުފިޔާ ލިބޭ މުބާރާތެއް އެމްއެމްޕީއާރުސީން ފަށައިފިއެވެ.

ރާއްޖެ އިޝްތިހާރުކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބާއްވާ ގިނަ ފެއާތަކުގައި އެމްއެމްޕީއާރުސީން ދަނީ ބައިވެރިވަމުންނެވެ.

މި ހަރަކާތްތަކުގައި ބޭނުންކުރާ ބޭގަކީ ރާއްޖެ އިޝްތިހާރުކުރުމަށް ބޭނުންކުރާ މުޙިއްމު އެއްޗެކެވެ. އަދި ރާއްޖެއިން ބައިވެރިވާ ފެއަރތަކާއި ރޯޑް ޝޯވްތަކުގައިވެސް ރާއްޖޭގެ ސްޓޭންޑުން ދޫކުރާ ބޭގަށް ބޮޑު ސަމާލުކަމެއް ލިބޭކަން އެމްއެމްޕީއާރުސީން ފާހަގަކުރެއެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބޭގުގެ ފަރުމާކުރުން ހިމެނޭ ޕްރޮޕޯސަލް އަންނަ މަހުގެ އެގާރަވަނަ ދުވަހުގެ ތިނެއް ޖެހުމުގެ ކުރިން ހުށަހަޅަންވާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި މުބާރާތުން ހޮވޭ ބޭގްގެ ފަރުމާކުރުން އަންނަ އަހަރު ރާއްޖެ އިސްތިހާރުކުރުމަށް ބާއްވާ އެކިއެކި ޕްރޮމޯޝަންތަކުގައި ބޭނުންކުރާނެއެވެ.