English Edition
Dhivehi Edition

އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމަޓީ އަދި އައްޑޫ ނޭޗަރ ޕާކް އަދި އައި ރަނާސް ގުޅިގެން އާރތް ޑޭ ފާހަގަކުރުމަށްޓަކައި އައްޑޫގައި ހާއްސަ ހަރަކާތްތަކެއް ބާއްވައިފިއެވެ.

އިއްޔެ ހަވީރު ހިތަދޫ ނޭޗަރ ޕާކްގައި ކުރިއަށް ދިޔަ މި ހަރަކާތްތަކުގައި އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިޤް އަދި ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އިއްޔެ ކުރިއަށްދިޔަ މި ހަރަކާތުގައި އައި ރަނާސް އިންވަނީ ހާއްސަ ދުވުމެއް ބާއްވާފައެވެ.

މި ދުވަހާއި ގުޅިގެން އައްޑޫ ސިޓީ ހިތަދޫ ސްކޫލާއި، ކެންގަރޫ ކިިޑްސް އަދި ފޭދޫ ސްކޫލުގެ ކުދިން ވަނީ އުކާލާތަކެތިން ހަދާފައިވާ ހެދުންތައް ދައްކާލުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި މި ތިން ސްކޫލްގެ 185 ދަރިވަރުން ބައިވެރިވެފައިވާއިރު ގިނަ އަދަދެއްގެ އާންމު ރައްޔަތުންވެސްވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން އައްޑޫ ސިޓީ ނޭޗަރ ޕާކް ފެހިކުރުމުގެ ގޮތުން ގަސް އިންދުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބައިނަލް އަޤްވާމީގޮތުން ފާހާގަކުރާ އާރތް ޑޭ އަކީ 22 އެޕްރީލްއެވެ. އާރތް ޑޭ ފާހަގަ ކުރުމުގެ މައިގަނޑު މަޤްސަދަކީ ދުނިޔޭގެ ވެށި ހިމާޔަތްކޮށް، ކުރިޔަށް އޮތް ޖީލްތަކަށް ވާސިލްކުރުމަށް ތިމާވެއްޓައް ރައްކާތެރި އުސޫލްތަކެއްގެ މައްޗަށް މުޖުތަމައުތައް ބިނާކުރުމަށް ބާރު އެޅުމެވެ.

ޓެގު