English Edition
Dhivehi Edition
ވީފައިލް ފޮޓޯ

ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު 2019ގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ބުނީ، މިމައުރަޒު ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާއަތްތަކަށް ބެނުންވާ ދިވެހި އުފެއްދުންތައް މާކެޓަށްނެރެ، އެފަދައުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދިނުންކަމަށެވެ. އަދި ދިވެހި އުފެއްދުންތައް ކުރިއެރުވުމާއި، އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ޤާއިމްކޮށްދިނުންކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ.މީގެ އިތުރުން މިނިސްޓްރީން ބުނީ މި މައުރަޒުގެ ބޭނުމަކީ ދިވެހި އުފެއްދުންތަކާއި އަދި މާކެޓަށް އަލަށް ނެރެވޭ އުފެއްދުންތައް ކުރިއެރުވުމަށް ހިއްވަރުދީ، ދިވެހި މަސައްކަތްތެރިން ކުރިއެރުވުމަށް އިތުރު ފުރުޞަތުތައް ހޯދައިދިނުންކަމަށެވެ.

މިމައުރަޒުގަ އި ބައިވެރިވެވޭނެ ދާއިރާތަށް
1 -ވަކި ވަކި ފަރުދުންގެ ދާއިރާ
2 -ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ
3 -ވިޔަފާރިތަކުގެ ދާއިރާ )ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ވިޔަފާރިތައް(
4 -ތަޢުލީމުދޭ މަރުކަޒުތަކުގެ ދާއިރާ
5 -ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ
6 -ކްލަބު ޖަމިއްޔާ ތަކުގެ ދާއިރާ

ކޮންމެ ދާއިރާއަކުންވެސް ތަކެތި ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯރމް ބަލައިގަތުން އޮންނާނީ 21 އެޕްރީލް
2019 އިން ފެށިގެން 30 ޖޫން 2019 ގެ 00:14 ގެ ނިޔަލަށް ، ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް
ޑިވެލޮޕްމަންޓު ގެ އިމާރާތުންނާއި، މި މިނިސްޓްރީން ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ޤާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުންކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ

މިއަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓް mv.gov.trade.www އިން އަދި މިނިސްޓްރީގެ ދަށުން ޤާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރ ތަކުން ލިބެންހުންނާނެކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ

މި މައުރަޒާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން އެ އޮފީހުގެ ނަންބަރ 1691 އާއި ގުޅުއްވައި ނުވަތަ mv.gov.trade@mauraz އަށް އީމެއިލްކުރުމުން މައުލޫމާތު ލިބިގެންދާނެއެވެ.