English Edition
Dhivehi Edition

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ޚިދުމަތްދެމުން އަންނަ އެއް ކުންފުނި ކަމުގައިވާ ދިރާގުން، ރާއްޖޭގެ ބޮޑުބަޔަކަށް ދެމުންގެންދަވާ ދިރާގު ޓީވީގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އާ ޕެކޭޖަކާއި ދެ އެޑް އޮންސް މިއަދު ތައާރަފްކޮށްފި އެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ “ބޭސިކް”ގެ ނަމުގައި ތައާރަފްކުރި ޕެކޭޖްގައި ހިމެނެނީ 60 ޗެނަލާއި 20 އެޗްޑީ ޗެނަލް އަދި 4ކޭ ޗެނަލެއް ކަމަށެވެ. އެ ޕެކޭޖް ވިއްކަނީ 300ރ. އަށެވެ.

ދިރާގުން މިއަދު އަލަށް ތައާރަފު ކުރައްވާފައިވާ ދެ އެޑް-އޮންސް އަކީ “އެކްސައިޓްމެންޓް” އާއި “ފަން”ކަމަށް ދިރާގުން ހާމަކުރައްވައެވެ. މީގެ ތެރެއިން 120 ރުފިޔާއަށް ލިބޭ “އެކްސައިޓްމެންޓް” އެޑް-އޮން ގެ ތެރޭގައި ހިމެނިފައިވަނީ 22 ޗެނަލް ކަމަށްވެސް ދިރާގުން މައުލޫމާތު ދެއްވައެވެ. އަދި 99 ރުފިޔާއަށް ލިބޭ “ފަން” އެޑް-އޮން ގެ ދަށުން 10 ޗެނަލް ލިބޭނެކަމަށްވެސް ދިރާގުން މައުލޫމާތު ދެއްްވައެވެ.

އަލަށް ތައާރަފްކުރި މިޚިދުމަތައް އެއްފަހަރު ސަބްސްކްރައިބް ކުރުމުން ލެޕްޓޮޕާއި ޓެބްލެޓް އަދި ފޯނުފަދަ އާލާތްތަކުން ރާއްޖޭ ގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ދިރާގު ޓީވީ ފެންނާނެ ކަމަށް އެކުންފުނިން މައުލޫމާތުދެއްވައެވެ.

ދިރާގުގެ ފިކްސް ބްރޯޑްބޭންޑް ލިބޭ ކޮންމެ މީހަކަށް ދިރާގު ޓީވީގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެހިގެން ދެއެވެ. މި ޚިދުމަތް ‘ޖޯއީބޮކްސް’ އާއި އެކު ބޭނުން ކުރުމުން، އިތުރަށް އިންޓަނެޓް ޗާޖް ބޮޑުވެގެނެއް ނުދާނެކަމަށްވެސް ދިރާގުން މައުލޫމާތު ދެއްވައެވެ.

ދިރާގު ޓީވީން ވަނީ އެންމެންނާ ވެސް ގުޅޭ ކަހަލަ ގިނަ އަދަދެއްގެ ޗެނަލްތަކެއް ތައާރަފްކޮށްފަ އެވެ. އެގޮތުން އޭއެކްސްއެން އާއި ޑިޒްނީ އިންޓަނޭޝަނަލް، ޓެން ސްޕޯޓްސް، ސޮނީ އީއެސްޕީއެން، ލައިފްޓައިމް، ސެޓް، ކަލާސް، ހިސްޓްރީ، އެމްޓީވީ، ކޮމެޑީ ސެންޓްރަލް، ނިކެލޮޑިއަނ،ް ޓައިމްސް ނައު، ބީބީސީ އާތު ފަދަ އެތައް ޗެނަލެއް ހިމެނެ އެވެ.