English Edition
Dhivehi Edition
ފޮޓޯ: އެސް.ޓީ.އެލް ހުޅުމީދީ ސެކްޓަރ ފޭސްބުކް ޕޭޖް

މާދަމާއިން ފަށައިގެން އައްޑޫ ސިޓީ ހުޅުމީދޫ އިން ފުވައްމުލަކަށް އަދި ފުވައްމުލަކުން ހުޅުމީދޫ އަށް ސީދާ ދަތުރު ކޮށްލެވޭ ގޮތަށް މޯލްޑިވްސް ޕޯޓް ލިމިޓެޑްއިން ހަމަޖައްސައިފިއެވެ.

މިދަތުރު ތައް ޝެޑިއުލް ކުރެވިފައި ވާގޮތް:

ހުޅުމީދޫއިން ފުވައްމުލަކަށް: ހޯމަދުވަހު 10:15، އަންގާރަދުވަހު 14:15، ބުރާސްފަތި ދުވަހު 10:15 ، ހޮނިހިރު ދުވަހު 10:15 އިގަ އެވެ.

އެހެން ނަމަވެސް ފުވައްމުލަކުން ހުޅުމީދޫ އަށް ކުރާ ދަތުރު ހަމަ ޖެހިފައިވަނީ އަންގާރަ ދުވަހު ހެނދުނު 9:00 އިން އެކަންޏެވެ. ހުޅު މީދޫ ރީޖަނަލް ޓްރާންސް ޕޯރޓް ޑިޕާޓް މެންޓުން ވިދާޅުވީ މި ދަތުރު ތަކުގެ ޓިކެޓްގެ އަގަކީ 290ރ އެވެ. “މިހާރު ފޭދޫ އިން ފުވައްމުލަކަށް ދަތުރު ކުރާ ފަސެންޖަރުންނާއެކު،ހުޅުމީދޫއަށް ކައިރިކޮށް ހުޅުމީދޫ އިން މީހުން ނަގައިގެން ފުވައްމުލަކަށްދާ ގޮތަށް ނިންމާފައިވަނީ”މޯލްޑިވްސް ޕޯޓް ލިމިޓެޑް އިން އޭއޯ ނިއުސްއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ހުޅުމީދޫގެ ރައްޔިތުންނަށް ދަތުރު ފަތުރުގެ ނިޒާމުން ގުޅުވާލުމުގެ ވައުދު ވެލެއްވީ ކުރީގެ ރައީސް ޔާމީނެވެ. ހުޅުމީދޫ ރީޖަނަލް ޓްރާންސް ޕޯރޓް ޑިޕާޓްމެންޓް އަދި ފޭދޫގެ ޑިޕާޓްމެންޓް ޕޯރޓްސް ލިމިޓެޑްގެ ފަރާތުން ހިންގަން ފެށުމާއި އެކު އައްޑޫގެ ރައްޔިތުންނަށް ދަތުރު ފަތުރުގެ ލުއިކަން ލިބުނެވެ. ޙާއްސަކޮށް ވަކިން އޮންނަ ހުޅުމީދޫގެ ރައްޔިތުން ބޭސްފަރުވާ އަށް ގުޅިފައިވާ ރަށްތަކަށް ދަތުރު ކުރަންޖެހޭ އިރު މިއީ ހުޅުމީދޫގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެކެވެ.

ދަތުރު ފަތުރުގެ ނިޒާމް ފެށިގެން މިހާތަނަށް އައިއިރު ރައްޔިތުންނަށް ބޭނުން ވާ ޙިދުމަތް އެންމެ ރަނގަޅުގޮތުގައި ދިނުމަށް ހުޅުމީދޫގެ ސެކްޓަރ އަދި ފޭދޫގެ ސެކްޓާއިން ގިނަމަސައްކަތް ކޮށްފައި ވެއެވެ. އެގޮތުން ދަތުރު ގިނަވާދުވަހު އިތުރު ލޯންޗް ދަތުރުތައްބާއްވާފައިވެއެވެ. މީގެ އިތުރުން ފޭދޫ އާއި ހުޅުމީދޫ އަށް ވަޒީފާ އަށް ދާފަރާތް ތަކަށް ސީޒަން ޓިކެޓް ބައްލަވައިގެން ދަރުތު ކުރެވޭނެ އިންތިޒާމް ވެސް މިމަހު 1 އިން ފެށިގެން ވަނީ ހަމަޖައްސައިފައެވެ. ސީޒަންޓިކެޓް ގެ ހިދުމަތަށް އެދިލައްވަން އެކަމަށް އެދިލައްވާ ފޯރމް ހުށަހެޅުމުން އެކަންތައް ހަމަޖެހޭނެއެވެ. ސީޒަންޓިކެޓް ގައި މަހަކު ދެކޮޅަށް ދަތުރު ކުރެވޭ ގެ އަގަކީ 1100ރ އެވެ.