English Edition
Dhivehi Edition

އދ.ގެ 40 ވަނަ އިންސާނީ ހައްގުތަކާއިބެހޭ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖެނީވާއަށް ވަޑައިގެންފިއެވެ.

47 ޤައުމުގެ މައްޗަށް އެކުލެވޭ އދ.ގެ އިންސާނީ ހައްގުތަކާއިބެހޭ ކައުންސިލުގައި ރާއްޖޭގެ ފަރާތުން މިނިސްޓަރ ޝާހިދު ވާހަކަފުޅު ދައްކަވާނީ މާދަމާ ރާއްޖެ ގަޑިން އިރުއޮއްސި 6.00 ގައި ކަމަށް ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ. 2019 ވަނަ އަހަރުގެ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 40 ވަނަ ބައްދަލުވުމުގައި، ދެ ރައީސުންނާއި ދެ ބޮޑު ވަޒީރުންގެ އިތުރުން ގިނަ ޤައުމުތަކުގެ މިނިސްޓަރުންގެ ފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ފަހަރުގެ ބައްދަލުވުމުގައި، ދެކުނު ސޫދާނު، ސީރިއާ، ބުރުންޑީގެ އިތުރުން ފަލަސްތީނުގައި މިހާރުއޮތް ހާލަތު ބެއްލުމަށް ހަވާލުކޮށްފައިވާ އދ. އެކި ކޮމިޝަނުތަކުގެ ރިޕޯޓުތައް ހުށަހަޅަން ހަމަޖެހިފައިވެއެވެ.މީގެ އިތުރުން، މަރުގެ ހުކުން ތަންފީޒު ކުރުމާއެކު، މުހިންމު ހަ ކަމެއްގެ މައްޗަށް ގައުމުތަކުގެ މެދުގައި ބަހުސް ކުރުމަށްވެސް އެ ބައްދަލުވުމުގައި ތާވަލު ކުރެވިފައިވެއެވެ.