English Edition
Dhivehi Edition

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ގާނޫނުއަސާސީއާ ހިލާފު ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

މިގޮތަށް ހުކުމް ކުރީ އެމްޑީޕީގެ ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓް ލިބިވަޑައިނުގެން ނާކާމިޔާބީއާ ކުރިމަތިވި ވިޔަފާރިވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި ވަކީލް އަބްދުލްމާނިއު ހުސައިންގެ އިތުރުން ސ. ހިތަދޫ ގުލްހަޒާރުގޭ އަހުމަދު މުހައްމަދުގެ ފަރާތުން ހުށަހެޅި މި މައްސަލައިގަ އެވެ.

މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު މިހާރު ހަމަވި ނަމަވެސް މިއަދު ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ވަނީ ޕްރައިމަރީ އިން ބަލިވި ކެންޑިޑޭޓަކު ފޯމް ހުށަހަޅައިފިނަމަ ބަލައި ގަންނަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.

ޕްރައިމަރީން ބަލިވުމުން އިންތިހާބުގައި ވާދަ ނުުކުރެވޭނެ ކަމަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާއަކީ އަސާސީ ހައްގެއް ހަނިކުރާ މާއްދާއެއް ބެލިޔަސް، ޕާޓީތަކުގެ ގާނޫނުން އެ ހައްގު ހަނިކޮށްފައި އެ އޮތީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނާ އުސޫލުގެ ތެރެއިން ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ވިދާޅުވިއެވެ.

ނަމަވެސް މައްސަލަ ހުށަހެޅުއްވި ބޭފުޅުން ވިދާޅުވެފައި ވަނީ ޕްރައިމަރީން ބަލިވުމުން ވާދަ ނުކުރެވޭ ގޮތަށް އޮންނަ ގައުމުތަކުގައި އެހެން އޮންނަނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އެކަން ކުރާތީ ކަމަށާއި އެކަމަކު ރާއްޖޭގައި އެކަން އޮންނަނީ އެހެން ނޫން ކަމަށެވެ