ކޮރިއެންޑާ ފަތަކީ ނުވަތަ އޮށަކީ ދުނިޔޭގެ ވަރަށްގިނަ ގައުމުތަކުގައި ކެއްކުމަށް ބޭނުން ކުރާ ސްޕައިސް އެކެވެ. ހާއްސަކޮށް އިންޑިއާ މީހުން ރިހަ ކެއްކުމުގައި ކޮރިއެންޑާ ފަތް ނޫނީ ސީޑް ބޭނުން ކުރެއެވެ. ތައްޔާރުކުރާ ޑިޝް އަށް މީރު ރަހަ ގެނައުމުގެ އިތުރުން ކޮރިއެންޑާ އަކީ ހަށިގަނޑަށް ގިނަގުނަ ފައިދާ ތަކެއް ލިއްބައިދޭ ސްޕައިސް އެކެވެ. އެގޮތުން ކޮރިއންޑާ ގައި ހިމެނޭ ފައިބަރ އިން ބަނޑު ހަރުވުމުގެ މައްސަލަތަކަށް ހައްލު ލިބިގެންދެއެވެ. އަދި ކޮރިއަންޑާގައި ހިމެނޭ އެންޓި ޑައިބެޓިކް މާއްދާއަކުން އިންސިއުލިން އުފައްދާ މިންވަރުވެސް ރަނގަޅުކޮށްދެއެވެ. މީގެ އިތުރުން ކޮރިއެންޑާ ސީޑްސް އިން ތަފާތު އެލާޖީ މައްސަލަތަކަށް ވެސް ފަރުވާ ކުރެއެވެ. ލޮލުގެ އިންފެކްޝަން އަދި އެނޭމިއާ އަށް ވެސް ކޮރިއެންޑާ ބޭނުންކޮށްގެން ފަރުވާ ކުރެއެވެ. އަންހެން ވެރިންގެ މައްސަރު ކަންތައް ދިމާ ވުމުން މާގަދައަށް ލޭފައިބާ ކަނބަލުން ކޮރިއެންޑާ އޮށް ހޫނު ފެންތައްޓަކަށް އަޅައިގެން ބޯލުމުން އެކަމަށް ހައްލު ލިބެއެވެ.
ތިރީގައި މިވަނީ ކޮރިއެންޑާ ސީޑްސް އިން ލިއްބައިދޭ ބައެއް ސިއްޚީ ފައިދާތައް:
– ހަޖަމުގެ ނިޒާމް
ކުދިކުދި ކޮރިއެންޑާ ސީޑްސްގެ ފައިދާ އަކީ ހީވެސް ނުކުރާހާ ސިއްޚީ ފައިދާ ހަޖަމުގެ ނިޒާމަށް ލިއްބައިދޭ އޮށެކެވެ. ބަނޑުހަރުވުން، ގޭސްޓްރިކް، އަދި ބޭރަށް ހިނގުމުގެ މައްސަލަތަކަށް ކޮރިއެންޑާ އިން ހައްލު ލިބިގެންދެއެވެ. ކޮރިއެންޑާއިން ގޮހޮރުގެ ގިނަބަލިތަކަށް ފަރުވާ ލިބޭއިރު އޭގައި ހިމެނޭ ޑައިޓަރީ ފައިބަރ އަދި އެންޓިއޮކްސިޑެންޓް މިމާއްދާއިން ޑައިޖެސްޓިވް ސިިސްޓަމްގެ ހުރިހާ މައްސަލަތަކަށް ފަރުވާލިބުމުގެ އިތުރުން ލިވާ ފަންކްޝަންވެސް ރަނގަޅު ކޮށްދެއެވެ.
– ކޮލެސްޓްރޯލް
ކޮރިއެންޑާ އޮށުން ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޯލް ނައްތާލަދެއެވެ. އަދި އޭގައި ހިމެނޭ ކޮޕާ، ޒިންކް، އަޔަން އިން ލޭގައި ރެޑްބްލަޑް ސްލްތައް އިތުރުކޮށް ދީ ހިތުގެ ފަންކްޝަން ރަނގަޅުކޮށްދެއެވެ.
– ހަކުރުބަލި
ކޮރިއެންޑާ އަކީ ހަށިގަނޑުގައި ހުންނަ ފެޓް ތައް ނައްތާލަދީ ހަށިގަނޑު ލުކޮށްދިނުމަށް ވެސް އެހީވެދޭ އެއްޗެކެވެ. އޭގައި ހިމެނޭ އެނޓިއޮކްސިޑެންޓް އަދި ވިޓަމިން ތަކުން ލޭގައި ހިމެނޭ ހަކުރުގެ މިންވަރު އެއްވަރަކަށް ހިފައްޓާލަދެއެވެ. އެހެން ކަމުން ކޮންމެ ދުވަހަކު ހެނދުނު ސައިތައްޔާރު ކުރާއިރު ކޮރިއެންޑާ އެޅުމަށް ފަހު ބޯލުމުން ލޭގައި ހުންނަ ގުލްކޯޒް ލެވެލް ދަށްކޮށް ހަށިގަނޑު ހިއްކާލަދޭނެއެވެ.
– އިސްތަށިގަނޑު އަދި ހަންގަނޑު
ކޮރިއެންޑާ ގައި އެކުލެވޭ ވިޓަމިން ކޭ،ސީ އަދި ބީ ގެ އިތުރުން އެންޓިއޮކްސިޑެންޓާއި މިނެރަލްސް އަކީ ހަނގަނޑަށާއި އިސްތަށިގަނޑަށް މުހިންމު މާއްދާތަކެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ކެއުމުގައި ކޮރިއެންޑާ ބޭނުން ކުރަން އާދަ ކޮށްފިނަމަ، ހަންގަޑުގެ މައްސަލަތަށް ހައްލު ކުރެވި އިސްތަށިގަނޑު ވަރުގަދަކޮށްދޭނެއެވެ.