English Edition
Dhivehi Edition

6 އަހަރަށްފަހު ބޮލީވުޑްގެ އެކްޓަރު ފްރެޑީ ދަރުވާލާ ފުރަތަމަ ފަހަރަށް ބައްޕައަކަށް ވެއްޖެއެވެ. ފްރެޑީ އާއި ކްރިސްޓަލް ވަރިއަވާ ކައިވެނިކޮށްގެން އުޅޭތާ ހަ އަހަރު ވީފަހުން މި ލިބުނު އެމީހުންގެ ފުރަތަމަ ދަރިފުޅަކީ ފިރިހެން ކުއްޖެކެވެ. ފްރެޑީ ބުނީ ދަރިފުޅު ލިބުމުން އޭނާ ވަރަށް އުފާވާ ކަމަށެވެ.

ފްރެޑީ ގެ އަންހެނުން ކްރިސްޓަލް ވިހާފައިވަނީ މިމަހު ތިން ވަނަ ދުވަހު އިންޑިއާގެ ހޮސްޕިޓަލެއްގައެވެ. ފްރެޑީ ބުނީ އެމީހުންގެ ދަރިފުޅަކީ އެމީހުންގެ ހުރިހާ އުފަލެއް ކަމަށެވެ. ފްރެޑީ ގެ ސަޕޯޓަރުން އޭނާއަށް ތަހުނިޔާ ކިޔަމުން އަންނައިރު މިހާރު އެމީހުން ތިބީ ފްރެޑީ ގެ ދަރިފުޅަށް ކިޔާނެ ނަމެއްގެ އިންތިޒާރުގައެވެ.

ސަލްމާންގެ ރޭސް 3 އިން ބެލުންތެރިންގެ ސަމާލުކަން ހޯދި ފްރެޑީ ބޮލީވުޑަށް ތައާރަފުވެފައިވަނީ 2014 ވަނަ އަހަރު “ހޮލިޑޭ: އަ ސޯސްޖާ އިޝް ނެވާ އޮފް ޑިއުޓީ” އިންނެވެ. އޭނާ ވަނީ ނުވަ ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި “ފޯސް 3” އާއި “ކޮމާންޑޯ 2″ އާއި ” އުންމީދް” އަދި “ރޭސް 3” ހިމެނެއެވެ.