English Edition
Dhivehi Edition
ފަޅާލާފައިވާ މިފްކޯ މަސް ފިހާރަ: ފޮޓޯ ވީނިއުސް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ހެޑް އޮފީހާއި މަސް ފިހާރަ ފަޅާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިފްކޯ މަސްފިހާރަ ފަޅާލައިފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 7:58 ހާއިރު ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފަޅާލާފައި ވަނީ މާފަންނު ސްޓޭޑިއަމްގެ ހުޅަނގު ފަޅީގައި ހުންނަ މިފްކޯގެ މަސް ފިހާރަ އެވެ. މަސް ފިހާރައިގެ މައިދޮރާ އިންވެގެން ހުރި ބިއްލޫރިގަނޑުވެސް ވަނީ ތަޅާލާފައެވެ. އެމަސްފިހާރައިގެ ބިއްލޫގަނޑު ތަޅާލާފައިވާ ފޮޓޯތަކެއް މިހާރު ވަނީ ސޯޝަލްމީޑީއާ ގައި ވެސް އާންމުކޮށްފަ އެވެ. މަސް ފިހާރައިގެ އިތުރުން ސްޓޭޑިއަމްގެ ހުޅަނގު ފަޅީގައި ހުންނަ މިފްކޯގެ އޮފީހުގެ ކުޑަދޮރެއް ފަޅާލާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.

މިމައްސަލައާއި ގުޅޭ އިތުރު ތަފްސީލް އަދި ލިބިފައި ނުވާ ކަމަށާއި، ތަފްސީލު ލިބުނުހާ އަވަހަކަށް މީޑިއާއަށް މައުލޫމާތު ހިއްސާކުރައްވާނެ ކަމަށްވެސް ފުލުހުން ބުނެއެވެ،.