English Edition
Dhivehi Edition

ކޭކުފޯޅަކީ ފަސޭހައިން ތައްޔާރަވޭ އަނގާއް މީރި ފޯޅައް. ހެންނެއި ނާސްތާށަސް ހަވީރި ސާށަސް ކޭކުފޮޅި ބަރާބަރަ ވޭހެއް. އެހެންވެ އޭއޯ އަށިމަތިން އަދަ ކިޔުންތެރިންނާއި ހަމާއް ގިނާސްމިދެނީ ކޭކުފޮޅި ފިހާލެއް

ބޭޱުން ވޭ ސާމާން

2 ލާހި ފިށި

1 ލާހި ހަކުރު

3 ބިސް

1 ސައިސަމުސާ ފައުޑަރަ

3 މޭޒުމައްތެ ސަމުސާ މާޖިރިން

1 ލާހި ފެން

ކުލަހިފާވަރައް ކާކުލަ

ކޭކުފޮޅި ފިހާލެއް

އެންމެ ފެރަތުމާއް މާޖިރީނާއި ހަކުރާއި ބިހާއި އެއްކޮއްގެން ހަކުރު ގެރޭތިކޮއް މަޑުނަޱެއި. ހަކުރު މިޅިން ގެރެޱަމެއި އޭނަ އެތެރައް ފިށިއެއި ފައުޑަރާއި ކުލާއި އެޑަފެއި އެއްކެރާޱެއި. ރަނގަޅާއު އެއްވީމެއި ދެން ކަލަކި ފެން ފޮދައު އެޑަމުން ގަރަމުންގޮސް ލާއްސަކި ފެން އެޑޭކޯ ހިންނަޱެއި ބޮލިމިން ހެއުވަރަ ފޮޅި، އެޑޭ ވަރައް ފިށިގަނޑަ ގެރިގޮސް.

ދެން ތަވާ ހުޱުވީމެއި ބޭނުންވޭ ވަރަކި ފޯޅައް ފިހޭ ވަރައް ފިށި ތަވާއު އެޑަފެއި ކޭކުފޮޅި ފިހަމުންއޭޱެއި. ފޮޅިއެއި އެއްބިއް ނަލަކޮއް ރައްތޮށި ލާވަރައް ފިހެޱެމެއި ދަބަކުން ފެރަޑަފެއި އެނައްބިއް ފިހާޱެއި. ކޭކުފޮޅި ނަލަކޮއް ފިހޭޱެއި މަޑަހުޱެ.

1 ކޮމެންޓް
ވަސީ
ސެޕްޓެމްބަރު 22, 2021
ވަރައް މީރިވޭހެއް