English Edition
Dhivehi Edition

ސިއު، ސިއު ގުޑްގެ ނަމުގައި އައްޑޫސިޓީ މީދޫގައި ބޭސިކް ފަހާކޯހެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.

އަންހެން ކަނބަލުންނަށް އާމްދަނީ ހޯދުމުގެ އިތުރު ފުރުސަތުތަކެއް ހޯދައިދީ، ވަޒީފާ އަދާކުރުމާއި،މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ނުލިބި ތިބި ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ފާހާ ކޯހުގައި ކިޔަވައިދޭނީ މަރަދޫގެ މަޝްހޫރު ފެހުންތެރިޔާ ދިހުޝާނާ( ދިހު)އެވެ.

މިކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ދެމޮޑިއުލް އަކަށެވެ. އެއީ ބޭސިކް ލެވެލް އާއެކު ފެހުމުގައި ގެންގުޅޭ ތަފާތު ހުނަރުތައް ދަސްކޮށްދިނުމެވެ.

މިކޯހުގެ ބޭސިކް ލެވެލްގެ ބައިވެރިން ބޭސިކް ނިންމުމަށްފަހު އެޑްވާންސް ލެވެލްގައި ބައިވެރިވުމުން އެބައިވެރިންނަށް ހާއްސަ ޑިސްކައުންޓެއް އޮންނާނެ ކަމަށް ކޯސް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދެއްވައެވެ. މިކޯހުގެ ފީއަކީ 1800ރ އެވެ

މިކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މީދޫގެ އަމިއްލަ ފަރާތަކާއި ދިހު އާއި ގުޅިގެން ކަމަށް އެފަރާތުން މައުލޫމާތުދެއެވެ. ކޯސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ކަމަށް ކޯސް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދެއްވައެވެ.

މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ކޯހުގައި ބައިވެރިވުމަށް ނަންނޯޓް ކުރެއްވުމަށް (7942014 އާމިނަތު ހާލިސާ ) އާއި ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ.

 

ޓެގު