English Edition
Dhivehi Edition

މިހާރު އިންޓަރނެޓްގައި އެންމެ ހިނގާ އެއް ފިލްމަކީ ބާޑް ބޮކްސްއެވެ. މިއީ މިދިޔަ އަހަރު ނުވެމްބަރ 12 ގައި ޕްރިމިޔަރ ކޮށް ޑިސެމްބަރ 14 ގައި ނެރުނު ސައިންސް ފިކްޝަން ފިލްމެކެވެ. ގިނަ ބަޔަކު ބަލާފައިވާ މި ފިލްމުގައި ފެނިގެންދަނީ އަންހެނަކު އޭނާގެ ދެކުދިން އާދަޔާ ހިލާފު ދިރޭ އެއްޗެހިތަކަކުން ސަލާމަތް ކުރުމަށް ލޮލުގައި ފޮތި ބަނދެގެން ކުރާ މަސައްކަތެވެ. އޭނާގެ ކުދިންނާއިއެކު 5 އަހަރުވަން އުޅެ އެންމެ ފަހުން ސަލާމަތުގެ އައްސޭރިޔަކަށް ދެއެވެ.

މި ފިލްމުން ފެނިގެންދާގޮތައް ގިނަ ބަޔަކުދަނީ ޗެލެންޖެއްގެ ގޮތުން ލޯ ފޮރުވައިގެން ކާރާއި ސައިކަލު ދުއްވާފައެވެ.މިގޮތުން 17 އަހަރުގެ ކުއްޖަކުވެސް މި ޗެލެންޖުކުރަންވެގެން ކާރުގައި ލޯ ފޮރުވައިގެން ދުއްވުމުގެ ތެރޭގައި ވަނީ އެކްސިޑެންޓެއް ވެފައެވެ. މި ކުއްޖާ ދުއްވި ކާރު ގޮސް އެހެން ކާރެއްގައި ޖެހި އެކްސިޑެންޓްވިއިރު އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވެއެވެ.

މިހާދިސާ ހިނގި ސަރަހައްދުގެ ފުލުހުންގެ ޗީފް ޓްރޭވިސް ލެއިމަން މީޑިއާތަކަށް ވިދާޅުވީ މިހާދިސާގައި ނަސީބުގަދަކަމުން އެއްވެސް މީހަކަށް ގެއްލުމެއް ނުވިކަމުގައިވިޔަސް ، ދުވަހަކުވެސް ލޯ ފޮރުވައިގެން ނުދުއްވުމަށް ދުވަހަކު ވެސް މީހުން ގާތު ބުނަން ޖެހޭނެއެކޭ ހިތަށް ނާރާ ކަމަށެވެ.