English Edition
Dhivehi Edition

ދުނިޔޭގެ އެންމެ މަޝްހޫރު، ދަތް އުނގުޅުމަށް ބޭނުންކުރާ ބޭހަކީ ކޯލްގޭޓް ޓޯޓަލްއެވެ.ނަމަވެސް ދިރާސާކުރާ ފަރާއްތަކުން މިވަނީ ކޯލްގޭޓް ދަތް އުނގުޅާ ބޭހުން ކެންސަރަށް މަގުފަހިކޮށްދޭ ކެމިކަލެއް ހުންނަކަން ހާމަކޮށްދީފައެވެ. ނުރައްކާތެރި މި ކެމިކަލަކީ ޓްރައިކްލޯސަންއޭ ކިޔާ އަދި ސެންޓާއި ފާހާނާ ސާފުކުރަން ބޭނުންކުރާ ތަކެތީގައިވެސް ހުންނަ ކެމިކަލެކެވެ. މިއީ ޖަރާސީމު ނައްތާލުމަށް ބޭނުންކުރާ ކެމިކަލަކަށް ވުމުން މި ބާވަތުގެ އެންމެ ގިނައިން ގެންގުޅެނީ ތަންތަން ސާފުކުރާ އެއްޗެހީގައެވެ.

ޖާނަލް ކެމިކަލް ރިސާޗް އާއި ޓޮކިކޮލޮޖިސްޓުން ނެރުނު ބަޔާނެއްގައި ވާގޮތުން މި ބާވަތުގެ ކެމިކަލުން ކެންސަރުޖައްސާ ސެލްތައް އުފައްދައެވެ. މި ދިރާސާތަކުގެ އިތުރުން އިތުރު އެހެން ދިރާސާތަކުންވެސް މި ބާވަތުގެ ކެމިކަލް ބޭނުންކުރުމުން އިތުރު އެހެން ބަލިތައް ޖައްސާނޭކަމަށް ވަނީ އެނގިފައެވެ.

މި ކެމިކަލުން ދިމާވާ އަނެއް މައްސަލައަކީ ހަންގަނޑުގައި މި ކެމިކަލް ޖެހުމުން ހަށިގަނޑަށް ވަދެ ހަށިގަނޑުގެ ހޯމޯންސްއާ ކުޅޭކަމެވެ.އަދި 2008 ވަނަ އަހަރުކުރި ދިރާސާއަކުން ދައްކާ ގޮތުގައި ޓްރައިކްލޯސަން އަޅާފައި ހުންނަ ބޭސް ބޭނުންކުރާ 75% އިންސައްތަ މީހުންގެ ކުޑަކަމުދާ ތަކެތީގައި މި ކެމިކަލް އެކުލެވެއެވެ. ރަނގަޅު ސިއްޙަތެއްގައި ވުމަށް މިކަންތަކަށް ސަމާލުވުން ވަރަށް މުހިއްމެވެ.

ޓެގު