English Edition
Dhivehi Edition

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުން، ރާއްޖޭގެ ސްކޫލުތަކުގެ އަހަރީ ޗުއްޓީ ދުވަސްވަރާ ގުޅިގެން، އުފުލަމުންދާ ޝަކުވާތަކާ ގުޅޭގޮތުން މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދު މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު އަލީ އާއި ބައްދަލު ކުރައްވައިފިއެވެ

ސްކޫލް ބަންދު، ރާއްޖޭގެ ރިސޯޓުތަކުގެ ސީޒަން ދުވަސްވަރާއި ދިމާވުމުން އާއިލާ އާއި އެކު ޗުއްޓީ ހޭދަކޮށް، ވަގުތު ހޭދަކޮށްލަންވެސް ޗުއްޓީ ހޯދުމަކީ ދަތިކަމެއް ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައިވަނީ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ބަދަލުކުރުމަށް ގޮވާލާފައެވެ

ރައްޔަތުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ދެ މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ މަންހަޖު ގައި ޓްރެވެލް އެންޑް ޓޫރިޒަމް އިތުރަށް ހިމެނޭނެ ގޮތްތަކާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.