English Edition
Dhivehi Edition
ހދ.ނައިވާދުއަށް ލެއްގި ހަށިގަނޑު. ފޮޓޯ: ކުޅުދުއްފުށިއޮންލައިން

ނިޔާވެފައި އޮތް އިންސާނެއްގެ ހަށިގަނޑު ހދ.ނައިވާދުއަށް ލައްގައިފިއެވެ.

އެހަށިގަނޑު ނައިވާދޫ އިރުމަތީ ފަރާތު ގޮނޑުދޮށުން ފެނިފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ނައިވާދޫ ކައުސިލާއި ޙަވާލާދީ ނޫސްތަކުން ޚަބަރުލިބޭގޮތުގައި އަތިރިމަތިން ފެނިފައިވަނީ އަންހެނެއްގެ ހަށިގަނޑެވެ. ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައި އޮތް ނަމަވެސް އެމީހާ ލައިގެން އޮތީ ބިކިނީއެއްކަމުން އެއީ އަންހެނެއްގެ ހަށިގަނޑުކަން އެނގޭކަމަށެވެ. އަދި ބިކިނީލާފައި އޮތުމުން އެމީހާ އަކީ ބިދޭސީއެއް ކަމުގައި ބަލެވޭ ކަމަށެވެ.

ނައިވާދޫ ކައުންސިލުން މި ޚަބަރު ފުލުހުންނަށް ރިޕޯުޓުކުރުމުން ހދ. ކުޅުދުއްފުށީގައިތިބި ފުލުހުން ނައިވާދުއަށް ފުރާފައިވާކަމަށް ވެސް ޚަބަރު ލިބެއެވެ.