English Edition
Dhivehi Edition
ވާރޭވެހި ފެންބޮޑުވެފައިވާ ސ.މީދޫގެ މަގެއް-- ފޮޓޯ: ލުބްނާ އޭއޯނިއުސް

ފ. އަތޮޅުން ފެށިގެން ސ.އަތޮޅާއި ދޭތެރޭ އަތޮޅުތަކަށް ނިސްބަތްވާ ރަށް ތަކަށް ބޯކޮށްވާރޭ ވެހެނޭކަމަށް ލަފާކުރެވޭތީ މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކާއި މެދުތެރޭގެ ދެކުނު އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށާއި މީގެތެރެއިން ބައެއް ރަށްތަަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.

މީގެއިތުރުން މިހިސާބުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށްލަފާ ކުރެވޭ ކަމަށްވެސް މެޓުން ވިދާޅުވެއެވެ.

މިއެލާޓްނެރެފައިވަނީ މިއަދު 16:00 އިންފެށިގެން މިރޭ 9:30 އާ ހަމައަށެވެ.