English Edition
Dhivehi Edition
ކަރެން ޑޮންކަން

މުޅި ސްކޮޓްލޭންޑް ސިއްސުވާލި “ކިލާ” ކަރެން ޑަންކެން ނުފެނިގެން އެގައުމުގެ ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަންފަށައިފިއެވެ

ކަރެން ޑަންކެން 28 އަހަރު އަކީ ސްކޮޓްލޭންޑްގެ ސިޓީއެއްކަމަށްވާ ޕެއިސްލީ އަށް އުފަން އަންހެނެކެވެ. އޭނާ ލޭބަލްވެފައިވަނީ މިހާތަނަށް ސްކޮޓްލެންޑްގައި މީހަކު މަރާލުމުގެ އެންމެ ބިރުވެރި ޖަރީމާ ހިންގި އެކެއްގެ ގޮތުގައެވެ.

ކަރަންގެ ލޯބިވެރިޔާ ސްޓެފެން

ކަރެން އަށް އެންމެ 17 އަހަރުގައި އޭނަވަނީ ސްކޮޓްބާޖެސް ނަމަކަށް ކިޔާ24 އަހަރުގެ ފިރިހެނެއްގެ ގަޔަށް އިސްކުރު އަނބުރާ ކަށިގަނޑެއް ބޭނުން ކޮށްގެން ދެފަހަރު ހަމަލާދީފައެވެ. އަދި އެހަމަލާ އަށްފަހު ސްކޮޓް ވެއްޓުމުން ކަރެންގެ ލޯބިވެރިޔާ ވަނީ ވަޅިއަކުން 80 ފަހަރު ސްކޮޓްގެ ހަށިގަނޑުގެ އެކިތަންތަނަށް ހަމަލާދީ އޭނާ މަރާލުމުގައި ބައިވެރި ވެފައެވެ.

ސްކޮޓް ބާޖެސް

ފުލުހުން ބުނީ، ކަރެންގެ ލޯބިވެރިޔާ ސްޓެޕެން އާއި ދެމީހުން ސްކޮޓް ގެގޭގައި ސްކޮޓް މަރާލުމަށްފަހު ވަނީ ބާތްޓަބަށް ލައި އޭނަގެ މަރުވެފައިވާ ހަށިގަނޑާއި ގައިން އޮހޮރެމުން ދިޔަލޭގެ ތެރޭގައި ފެންވަރާފައެވެ. ފުލުހުން ބުނާގޮތުގައި މިދެމީހުންގެ މި ރަހުމްކުޑަ އަމަލު ކަރެންގެ ދައްތަވަނީ ފޯނަކުން ރެކޯޑް ކޮށް ވީޑިއޯއެއްވެސް ހަދާފައެވެ. ފުލުހުން ބުނީ ތަހުގީގަށް އެނގިފައިވާ ގޮތުގައި ސްކޮޓް މަރާލީ ކަރެންގެ ލޯބިވެރިޔާ ގެ ރައްޓެހިންނަށް ހަޑިހުތުރުބަނުން އޭނަ ވާހަކަދައްކަފައިވާތީ އެކަމަށް ބަދަލު ހިފުމުގެ ގޮތުންނެވެ.

މިމައްސަލައިގެ ތަހުގީގު ނިންމާ ސްކޮޓްލޭންޑްގެ ފުލުހުންވަނީ ކަރެން އަށް 7 އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ. އަދި ކަރެންގެ ލޯބިވެރިޔާ ސްޓެފެން އަށް އުމުރުދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ކަރަންގެ ދައްތަ އައިރީން އަށްވެސް ވަނީ 27 މަހުގެ ޖަލުހުކުމެއް އިއްވާފައެވެ.

ކަރެންގެ ދައްތަ، އައިރީން

ސްކޮޓިޝް ސަން ގައި ރިޕޯޓްކޮށްފައި ވާގޮތުގައި ކަރެން ވަނީ ޖަލުގައި 3 އަހަރު ހޭދަކުރުމަށްފަހު ދޫކޮށްލާފައެވެ. ނަމަވެސް ފުލުހުން ބުނީ އޭނާ ދޫކޮށްލާފައިވީނަމަވެސް ފުލުހުން ދިޔައީ އޭނައަށް ފާރަލަމުންނެވެ.

ކަރެން ޖަލުން ދޫކޮށްލުމާއި އެކު ސްކޮޓްލޭންޑްގެ ގިނައަދަދެއްގެ ބަޔަކު އެކަމާ ނުރުހުންފާޅު ކޮށްފައި ވަނިކޮށް އަނެއްކާ އެހެން އަންހެނަކަށް ކަރެން ބިރުދެއްކި ހާދިސާއަކާއި ގުޅިގެން މިހާރު ފުލުހުން ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.