English Edition
Dhivehi Edition
ފޮޓޯ: ރާއްޖެ އެމްވީ

ސަތޭކައިންސައްތަ އޫރުގެބާވަތަކުން ތައްޔާރުކޮށްފައިވާ ޖެލަޓިން އެއް ރާއްޖޭގެ ބާޒާރުގައި ވިއްކަމުން އެބަދެއެވެ.

އޮންލައިންނޫސް “ރާއްޖެއެމްވީ” ގައި ބުނެފައިވާ ގޮތުން ރާއްޖޭގެ މަޝްހޫރު ސުޕަމާކެޓެއްގެ އިތުރުން އެހެން ބައެއް ފިހާރަތަކުގައި ވިއްކަމުންދަނީ އޫރުން އުފައްދާފައިވާ ޖެލިޓާ ބްރޭންޑްގެ ޖެލަޓިން އެވެ. ފޮނި ކާތަކެތި ތައްޔާރުކުރާއިރު ބޭނުންކުރާ އެއްޗެކެވެ.

ރާއްޖެ އެމްވީ ގައި ބުނެފައިވާގޮތުގައި، މާލޭގެ މަޝްހޫރު ސުޕަމާކެޓަކުން މި އުފެއްދުން ގަތް މީހަކު ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި، އެއީ 100 ޕަސެންޓް އޫރުން ތައްޔާރުކޮށްފައިވާ އުފެއްދުމެއްކަން އެނގުމުން އެ ފިހާރައަށް ގޮސް އެކަމުގެ ޝަކުވާ ކުރި ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު އެ ހުރިހާ އުފެއްދުމެއް ފިހާރައިގެ ހަރުން ނަގާފައިވާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ޖެލިޓާ ބްރޭންޑްގެ ޖެލަޓިންއަކީ އޫރުގެ އުފެއްދުމެއް ކަމަށް ފިހާރައަށް ވެސް އެނގޭކަމަށެވެ .

ނަމަވެސް އެ އުފެއްދުން ވިއްކަން ބަހައްޓާފައި ހުރީ ކަސްޓަމްސްއިން އެ އުފެއްދުން އެތެރެ ކުރުމުގެ ހުއްދަ ދީފައިވާތީ ކަމަށް އެ ފިހާރައިން ބުނި ކަމަށްއެމީހާ އާހަވާލާދި ރާއްޖެ އެމްވީގައި ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައި ވާގޮތުގައި ޖެލިޓާ ބްރޭންޑްގެ ޖެލަޓިން މާލޭގައި ވިއްކާތާ މިހާރު މަހެއްހާ ދުވަސް ވަނީވެފައެވެ.