English Edition
Dhivehi Edition

ރާއްޖޭގެ މޮޅު ނެށުންތެރިޔާ އަދި ރާއްޖޭގައި އެންމެ ގިނަ ދުވަސްވަންދެން ނެށުމުގެ ދާއިރާގައި އުޅޭ އެންމެންނާ ރައްޓެހި ސުނީ މިދުވަސްކޮޅު ވަރަށް ޑިމާންޑް ބޮޑެވެ.ކޮންމެ އަހަރެއްގެވެސް ނުވެމްބަރ ޑިސެމްބަރ އަކީ ސުނީއަށް އަބަދުވެސް ބިޒީ ދުވަސްކޮޅެކެވެ.ކައިވެނި ޕާޓީތަކާއި ހިތާނީ ސީޒަނުގެ ދުވަސްކޮޅަށް ވުމުން މިހެންވެސް ވެދާނެއެވެ.

ތޭވީހަކަށް އަހަރު ވަންދެން ރާއްޖޭގައި ލަވާއިގެދާއިރާގައި ނެށުމުގެ ޝޯތައް ގެނެސްދޭ ސުނީ އަކީ ގިނަ ދިވެހީން ދަންނަ ފަންނާނެކެވެ.ރަށެއްގައި ޝޯއެއް ދެންޏާ ސުނީއާ ނުލާ އެ ޝޯއެއް ފުރިހަމަ ނުވާނޭ ބުންޏަސް ގޯހަކަށް ނުވާނެއެވެ.ބެލުންތެރިން އާޝޯހު ކޮށްލާފަދަ އެތައް ޙަރަކާތެއް ގެނެސްދީ ބެލުންތެރިންގެ ހިތާ ކުޅެލާ ސުނީއަށް އެތައް ބައެއްގެ ފިއްތުންތަކާއި ކުރިމަތިވެސް ލާންވެސް ބައެއްފަހަރު ޖެހެއެވެ.ނަމަވެސް ސުނީ މިކަމަށް ވަރަށް ހުޝިޔާރެވެ.

ސުނީގެ އަޑު ނީވޭ ދުވަސްކޮޅެއް ވަރަށް ނުދާނެއެވެ.މިގޮތުން މީގެ މަހެއްހާ ދުވަސް ކުރިން އެންމެ އަޑު ގަދަ ކޮށްލީ ސުނީ ވިއްކާ އޯގޭނިކް ކާށި ތެލެއްގެ ވާހަކައެވެ. މިހާރު ވައިގައި ހިފާފައި މިއޮތީ ވަރުބަލިކަމެއްނެތި ސުނީ ކޮންމެ ރެއަކު ހުށަހައިދޭ ހުށަހެޅުންތަކުގެ ވާހަކަ އެވެ. ހިތާނީ މޫސުމުގެ ކުޑަ އީދު އައިސް، ޒަމާނުއްސުރެ ދިވެހިން ޖަހާ ސަރަކާތްތައް މެދުނުކެނޑި ދަނީ ކުރިއަށެވެ. މި މަޖާގަނޑުގައި އެންމެ ޑިމާންޑު ބޮޑުކޮށް އުޅެނީ ސުނީއެވެ.

އޮންލައިން ނޫސް އަވަސް އަށް ދިން އިންޓަވިޔުއެއްގައި ސުނީ ބުނީ “ނޮވެމްބަރު 23 ގައި ފެއްޓީ ހިތާނީ ޝޯތައް ދޭން. ދެން އޭރު ފެއްޓި ގޮތައް ކޮންމެ ރެއަކުހެން އެބަ ޝޯ ދެން. ކޮންމެ ގެއަކަށް ގޮސްވެސް ތިން ގަޑި އިރު، ހުއްޓާނުލާ ޝޯ ދޭ އިރު ބައެއް ފަހަރު އެބަ ނެށޭ، މީގެ އަހަރުތަކެއް ކުރިން ނަށާފައިވާ މީހުންނާ އެކުވެސް. ފުލުފުލުގައި ޝޯތައް ދެނީ އާއިލާތަކުން ސުނީ އާ ދޭތެރޭ ބަހައްޓާ ގާތްކަމުން، ހުއްޓާލާ ހިތް ނުވާތީ.” ހިތާނީ ފޯރީގައި ގޭގޭ ސިޓިންގ ރޫމުތައް ފަޅުފިލުވަމުންދާ ސުނީ ބުންޏެވެ.