English Edition
Dhivehi Edition

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރު ކަމުގައިވާ އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ގޮތުން ކުޅޭ ވަދާއީ މެޗުގެ ކޯޗަކަށް ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯވް އިވަނޯފް ގެންނަން ގޮތަށް ހަމަޖެހިއްޖެއެވެ.

ގައުމީ ޖާރޒީގައި އެންމެ ގިނަ މެޗު ކީޕަރެއްގެ ގޮތުގައި ކުޅެފައިވާ އިމްރާން ކުޅުން ހުއްޓާލާ މެޗަށް ގެންނަ ސްޓޮއިކޯވް އަކީ އޭނާއަށް އެންމެ ފުރަތަމަ ގައުމީ ޓީމްގައި އިރުޝާދު ދިން ކޯޗެއެވެ.

މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް އާއި އެފްއޭއެމް ގުޅިގެން ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސް އާއި ގުޅުވައިގެން ބާއްވާ މި މެޗަށް އިމްރާން އެކުލަވާލާފައިވާ ޓީމުގައި ހިމެނެނީ އޭނާ އާއިއެކު އެކި ފަހަރު މަތިން ކުޅެފައިވާ ކުޅުންތެރިންނެވެ.

މި މަހުގެ 29 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މެޗްގައި އިމްރާން ގެ ޓީމު “އިންމަ 11” ގެ ނަމުގައި ނިކުންނައިރު އެފްއޭއެމް ގެ ޓީމު ނިކުންނާނީ “އެފްއޭ 11″ގެ ނަމުގައެވެ.

އިންމަ ގައުމީ ޓީމް ޓީމަށް ކުޅުން ހުއްޓާލުމުގެ ގޮތުން ކުޅޭ މިމެޗުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ގޯލު ކީޕަރުންގެ ތެރޭގައި ހިމެނޭ މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކީޕަރު ޕީޓަރ ޝުމައިކަލްގެ އިތުރުން ރެއާލް މެޑްރިޑްގެ ކުރީގެ ތަރި މިޝޭލް ސަލްގާޑޯ މި މެޗްގައި އެފްއޭ 11 ގެ ޓީމްއަށް ކުޅޭނެއެވެ.

ޝުމައިކަލް އަދި މިޝޭލް އަކީ އެފްއޭއެމް އާއި މޯލްޑިވްސް ފުޓްބޯޅް ކުޅިގެން މިމަހު 28ގައި ބޭއްވުމަށް ހަމަ ޖެހިފައިވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ ހާއްސަ މެހެމާނުންގެ ގޮތުގައި ބައިވެރިވާނެ ދެ ތަރިންނެވެ.

މި މެޗަށް ތައްޔާރުވުމުގެ ގޮތުން ދެ ޓީމުގައި ހިމެނޭ ކުޅުންތެރިން ވަރަށް އަވަހަށް އިއުލާން ކުރާނެކަމަށް މޯލްޑިވްސްފުޓްބޯލް އިން ވަނީ ބުނެފައެވ

2000 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި އިމްރާން ވަނީ ގައުމީ ޓީމަށް 111 މެޗް ކުޅެފައިވާއިރު އިންމަ ވަނީ ގައުމީ ޓީމް އާއިއެކު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށިން ހޯދައި އޭއެފްސީ ޗެލެންޖް ކަޕްގެ ތިންވަނަ މަގާމް ހޯދާފައެވެ.