English Edition
Dhivehi Edition
- ސަން ފޮޓޯ/ އަޙްމަދު އަވްޝަން

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު 25 ސްކޫލެއްގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ވައުދުފުޅުގެ ތެރޭގައި ހިމެނޭސްކޫލްތަކުގެ ހެނދުނު ދަންފަޅީގެ ކުދިންނަށް ނާސްތާ ދިނުމުގެ ވައުދުގެ ދަށުން ދަރިވަރުންގެ އާބާދީއަށް ބެލުމަށްފަހު މާލެ ސަރަހައްދުން ފަސް ސްކޫލަކާއި ކޮންމެ އަތޮޅަކުން އެއް ސްކޫލުގައި ނާސްތާ ދޭން ފެށުމަށް ހަމަޖައްސާފައިވާ ކަމަށެވެ

މި ޕްރޮގްރާމުގެ ޓެސްޓުބުރު ކުރިއަށް ގެންދިއުމަށް މިހާރު ނަގާފައި ހުރި ސްކޫލްތަކަކީ ތަފާތު ފަސް ގިންތިއެއްގައި ހިމެނޭ ސްކޫލްތަކެވެ. އެގޮތުން ސްކޫލްތައް ނަގާފައިވާއިރު، ރާއްޖޭގެ އެންމެ ދަރިވަރުންގެ އާބާދީ މަދު ސްކޫލްތަކާއި އެންމެ އާބާދީ ގިނަ ސްކޫލްތައް ފުރަތަމަ 25 ސްކޫލް ލިސްޓުގައި ހިމެނޭކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ

ނަސްތާ ޕްރޮގްރާމްގައި ދަރިވަރުން ބައިވެރިކުރަނީ ކުއްޖާ ނާސްތާގައި ބައިވެރިކުރުމުގައި ބެލެނިވެރިޔާގެ ރުހުން އޮތްކަން އަންގައިދީ، ދަރިވަރުގެ ކެއުމާ ގުޅޭގޮތުން ކޮންމެހެން ސްކޫލަށް އެނގެންޖެހޭ ކަމެއް އޮތްތޯ ބެލުމަށް ފުރަންޖެހޭ ފޯމް ފުރުމަށްފަހުގައެވެ.