English Edition
Dhivehi Edition

އިމާރާތް ކުރަމުން ދިޔަ ގެއެއްގެ މަތިން، މިއަދު ކުޑަ އަންހެން ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓުނު މައްސަލައިގައި މާލޭގެ އެފަދަ ސައިޓުތަކުގެ ސަލާމަތީ ކަންކަން ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމުރު ކުރައްވައިފި އެވެ

ރަސްމީ ދަތުރުފުޅެއްގައި މިއަދު ރައީސް އިންޑިއާއަށް ވަޑައިގެންފައިވާއިރު ރައީސްވަނީ މާލޭގައި އިމާރާތް ކުރާ ސައިޓުތަކުގެ ސަލާމަތީ ކަންކަމާއި ސަލާމަތްތެރިކާ ގުޅިގެން އަމަލު ކުރަން ޖެހޭ އުސޫލުތައް ބެލުމަށް އަމުރުކޮށްފައެވެ. މިގޮތަށް ރައީސް އަމުރުކުރެއްވީ މަސައްކަތްތެރިން އަދި އާންމުންގެ ސަލާމަތަށްޓަކައި މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ބޭނުމުގައިކަމަށް ރައީސްވަނީ ވިދާޅުވެފައެވެ

ސިމެންތި ބަސްތާ ވެއްޓުނު މައްސަލައިގައި މާލޭގައި އިމާރާތް ކުރުމުގެ ހުއްދަތައް ދިނުން މިއަދު ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.