English Edition
Dhivehi Edition

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް މުޙައްމަދު ޙަމީދު އައްޔަނުކުރައްވައި، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހަވާލު ކުރައްވައިފިއެވެ

ހަމީދުއަށް މި މަގާމު ހަމަޖެއްސީ ސުޕްރީމް ކޯޓްގެ ހުކުމަކާ ގުޅިގެން، އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކްގައި ފުލުހުންގެ ވަޒީފާއަށް އަލުން ވެއްދުމަށްފަހު ޑެޕިއުޓީ ކޮމިޝަނަރަކަށް ޕްރޮމޯޓް ކުރުމަށް ފަހުގައެވެ. ސުޕްރީމް ކޯޓުން ހަމީދުއަށް އަލުން ވަޒީފާ ދިނުމަށް ނިންމި ނިންމުމާ ގުޅިގެން، ޑިސެމްބަރުމަހުގެ ހަތަރު ވަނަ ދުވަހު ހަމީދަށް ފުލުހުންގެ ވަޒީފާ އަލުން ދިނުމަށް ފަހު އޭނާ ހަމަޖެއްސީ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ވެރިޔަކަށެވެ

ހަމީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ އޮގަސްޓް، 2012 ގައި ފުލުހުންގެ އެތެރޭގެ މައުލޫމާތުތަކެއް ހާމަކުރިކަމަށް ތުހުމަތުކޮށެވެ.