English Edition
Dhivehi Edition

ކުކުޅު ބިހަކީ ކޮންމެ ދުވަހެއްގެ ހެނދުނުގެ ނާސްތާ އެއާ ނުލާ ނާސްތާ ފުރިހަމަ ނުވާ އެކައްޗެވެ.ހަށިގަނޑަށް ބޭނުންވާ ގިނަ ބާވަތެއް ކުކުޅު ބިހުގައި ހިމެނޭއިރު ހުރިހާ އުމުރެއްގެ މީހުންވެސް ކުކުޅު ބިސް ކައެވެ. އެންމެ ކުކުޅު ބިހެއްގައި 70 ކެލޮރީސް ހިމެނޭއިރު 6 ގްރާމް ޕްރޮޓީން,250 މިލިގްރާމް ކޮލިން ބިހުގައި ހެމެނެއެވެ. ފިހާރައިން ގަނެގެން ގެއަށް ގެނެސް ގިނަ ދުވަހަށް ބިސް ބެހެއްޓުމަށްޓަކައި އަހަރުމެން ހަދާގޮތަކީ އައިސް އަލަމާރިޔަށް ލަނީއެވެ. އަލަމާރިޔަށް ލުމުން ބިސް ގިނަދުވަހަށް ހަލާކުނުވެ ހުރެއެވެ.ނަމަވެސް ފަހުގެ ދިރާސާ އަކުން ދައްކާ ގޮތުން މިހެން އަލަމާރިޔަށް ލުމުން ކޮންމެވެސް ވަރަކަށް ބިސް ހަލާކުވެއެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި އައިސް އަލަމާރީގެ ދޮރުގައި ކުކުޅުބިސް ބެހެއްޓުމުން ދޮރު ލައްޕާ ހުޅުވާ ކޮންމެ ފަހަރަކު އަލަމާރީގެ ފިނިހޫނުމިނަށް ބަދަލު އާދެއެވެ. އަދި މި އަންނަ ބަދަލުގެ ސަބަބުން ބިހުގެ އެތެރެ ހަލާކުވާން ފަށައެވެ. އަދި މީގައި ހުންނަ ހަށިގަނޑަށް ފައިދާވާބައި ނެތިދާކަމަށް މި ދިރާސާއިން ދައްކައެވެ.

ބިސް މިހެން ހަލާކުވުން ހުއްޓުވޭނެ ގޮތަކީ ފިނިހޫނުމިން ބަދަލު ނުވާ ތަނެއްގައި ބެހެއްޓުމެވެ.މިގޮތުން އަލަމާރީގެ ތިރީބައިގައި ވެސް ބިސް ބެހެއްޓިދާނެއެވެ. މިބަޔަކީ ތަރުކާރީ ފަދަ ތަކެތި އަޅާބައެވެ.އަދި އަލަމާރީގެ ދޮރުގަައި ކިރު ޕެކެޓް,ފެންފުޅި ނުވަތަ ޖޫސްފުޅިފަދަ ތަކެތި ބެހެއްޓިދާނެއެވެ.

ކުކުޅުބިސް 4 ނޫނީ 5 ހަފްތާޔަށް ބެހެއްޓޭއިރު ބިހުގެ ހުދުބައި 4 ދުވަހަށް ބެހެއްޓެއެވެ.އަދި ކައްކާފައި ހުންނަބިސް އޭގެ ތޮށިގަނޑާއެއްކޮށް 1 ހަފްތާޔަށް ބެހެއްޓޭއިރު ކައްކާފައި ހުންނަބިސް ތޮށިގަނޑުން ނޮޅާފަ އެންމެ ރަނގަޅި އެދުވަހުން ބޭނުންކުރުމެވެ.