English Edition
Dhivehi Edition

ކޮންމެ އިންސާނަކީވެސް ތަފާތު އިންސާނެކެވެ. އެކި އިންސާނުންނަށް އެކިކަހަލަ ހުނަރު ލިބިފައިވާއިރު މި ހުނަރުތަކުގެ ބޭނުންކޮށް މަޝްހޫރުކަން ހޯދާ ފަރާތްތަށް ވަރަށް ގިނައެވެ. މި ގޮތުން ނޭޕާލުގެ ސްކޫލެއްގެ ބަސް ޑްރައިވަރަކަށް އުޅޭ މި މީހާ މިހާރު އުއްމީދުކުރަމުން އަންނަނީ އޭނާގެ ނޭފަތް ބޭނުނުންކޮށްގެން އޭނާގެ ނިއްކުރީގައި ޖައްސާ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދުމަށެވެ.

ނޭޕާލުގެ ޔުރްލަބަރިއަށް އުފަން 35 އަހަރުގެ ޔަގްޔާ ބަހާދުރް ކަޓުވާލް އަކީ ދުނިޔޭގައި އެންމެ ދިގު ދުލެއް ހުރި މީހާ އެވެ. އަދި ކަޓުވާލް އޭނާގެ ދޫގޮސް ނިއްކުރީގައި ޖައްސައި އޭނާގެ ނޭވާވެސް އެއްކޮށް ފޮރުވާލެވެއެވެ. ކަޓުވާލް ވަނީ އޭނާގެ ދޫ ބޭނުންކޮށްގެން މީހުންގެ ސަމާލުކަން ވަރަށް އަވަހަށް ހޯދާފައިއެވެ.

ކަޓުވާލް އަށް ކުއްލިއަކަށް އެހާ ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ އޭނާ ދޫ ނިއްކުރީގައި ޖައްސާ ވީޑިޔޯއެއް އޭނާގެ އެކުވެރިއަކު މީސްމީޑިއާއަށްލީ ހިސާބުންނެވެ.ކަޓުވާލްއަކީ ބަސް ޑްރައިވަރަކަށްވުމުން ކޮންމެ ދުވަހަކުވެސް އުޅެން ޖެހެނީ ސްކޫލް ކުދީންނާއިއެކު ކަމަށްވުމުން ސްކޫލުން އެދިފައިވަނީ ކުދީން ބިރުގަންނާތީ ކުދިން ތިބޭ ގަޑިތަކުގައި ދޫ ގޮސް ނިއްކުރީގައި ނުޖެއްސުމަށެވެ.

ކަޓުވާލަށް އޭނާގެ ދޫ ގޮސް ނިއްކުރީގައި ޖެއްސޭކަން ވަރަށް ކުޑައިރުއްސުރެން އެނގިފައިވާކަމަށް އޭނާ ބުންޏެވެ.ކަޓުވާލަކީ ޖިސްމާނީގޮތުންވެސް އަދި ނަފްސާނީގޮތުންވެސް ދުޅަހެޔޮ މީހެކެވެ.