English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް،ރާއްޖޭގެ ފޮރިން ސެކްރެޓަރީއަކަށް އަބްދުލް ޣަފޫރު މުހައްމަދު އަދި މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ތިން ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް އައްޔަން ކުރެއްވި ބޭފުޅުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަޤާމަށް އަޙްމަދު ޚަލީލާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މަޤާމަށް ނީޒާ ޢިމާދާއި އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމަށް މުޙައްމަދު ޠާރިޤެވެ.

މިއަދު އައްޔަން ކުރެއްވި މި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަޤާމަށް އައްޔަން ކުރެއްވި ހަލީލް މިހާތަނަށް ހުންނެވީ އެ މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓްރަލްގެ މަގާމުގަ އެވެ.

ނީޒާ އަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެސިސްޓެންޓް ގަވަރުނަރުކަން އަދާކުރެއްވި ބޭފުޅެކެވެ. ނަމަވެސް ކުރީގެ ރާއީސް ޔާމީން އަބްދުލް ގައްޔޫމް ގަވަރުނަރަކަށް ނީޒާ އައްޔަން ކުރެއްވުމަށްޓަކައި އޭނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ފަހު އެ ނަން އަނބުރާ ގެންދެވުމުން ނީޒާ ވަނީ އެމްއެމްއޭގެ އެސިސްޓެންޓް ގަވަރުނަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

މީގެ އިތުރުން ފޮރިން ސެކްރެޓަރީ ޣަފޫރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި އދ. ގައި ހުންނަވާ ދާއިމީ މަންދޫބެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެމެރިކާގައި ހުންނަވާ ދިވެހި ސަފީރުކަން ކުރެއްވި ބޭފުޅެކެވެ.