ޤާނޫނާއި ޤާނޫނީ ޢިލްމު އުނގަންނައިދޭ ސެޝަންތަކެއް މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ފަރާތުން ޢައްޑޫ ސިޓީގައި ކުރިއަށް ގެންދާގޮތަށް ހަމަޖައްސައިފިއެވެ.
މިހިނގާ ނޮވެމްބަރ 29 އިން ޑިސެމްބަރ 01 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ސެޝަންތަކުގައި ބިމާ ބެހޭ މައްސަލަތަކާއި، ދަރަނީގެ މައްސަލަތަކާއި، ސުލޫކީ މައްސަލަތަކާއި ކައިވެނި އަދި ވަރީގެ މައްސަލަތަކުގެ އިތުރުން ހަރަދު ދިނުމާއި ހަލޯނާތުގެ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތަކާއި ބެހޭ ގޮތުން ފުޅާ ދާރިއާއެއްގައި މަޝްވަރާ ކުރާ ގޮތަށް ހަމަޖެހިފައި ވެއެވެ.
މި ޓްރޭނިންގ ޕްރޮގްރާމަކީ ޤާނޫނީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި، ޤާނޫނު ކިޔަވާ ފަރާތްތަކާއި، ތަންފީޒީ އިދާރާތްތަކަށް ފައިދާ ކުރާނެ ގޮތަށް ފަރުމާ ކުރެވިފައިވާ ޕްރޮގްރާމެއްކަމަށް މޯލްޑިވްސް ލޯ އިންސްޓިޓިއުޓް އިން ހާމަކުރެއެވެ. އަދި އާއްމުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާތީ ވީހާވެސް ގިނަ ބަޔަކު މިފުރުސަތުގެ ބޭނުން ހިފުމަށްވެސް އެދިލައްވާފައި ވެއެވެ.
މި ޓްރޭނިންގ ގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ނޮވެމްބަރ 27 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރީ ކުރަން ޖެހެއެވެ. އެގޮތުން ރަޖިސްޓަރީ ކުރުމަށާއި އިތުރު މަޢުލޫމާތު ހޯދުމަށް 3013219، 3013200 ނުވަތަ 7949304 އަށް ގުޅުއްވުމަށް މޯލްޑިވްސް ލޯ އިންސްޓިޓިއުޓް އިން އެދެއެވެ.
މޯލްޑިވްސް ލޯ އިންސްޓިޓިއުޓް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޤާނޫނީ ޙިދުމަށް ދެމުންދާ ފަރާތެކެވެ. އަދި މިފަދަ ޓްރޭނިންގ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީގެ ކުރިންވެސް ހިންގާފައިވެއެވެ.