English Edition
Dhivehi Edition
ފުލުހުން މިއަދު ސްމިތު އާއި ވާހަކަދައްކަނީ – ވަގުތު އިމޭޖްސް

ކުރީ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އަހްމަދު ސިއްދީގަށް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ހާޝިމް (ސްމިތު) ހަމަލާދީފިއެވެ

ކްރިމިނަލް ކޯޓު ކުރިމަތިން ސިއްދީގް ވަޑައިގަންނަވަނިކޮށް ސްމިތު ސިއްދީގަށް ބަހުގެ ހަމަލާތަކެއް ދޭން ފަށާފައިވާއިރު ފަހުން އަތުން ސިއްދީގަށް ހަމަލާދިން މަންޒަރު އެސަރަހައްދުގައި ހުރި “ވަގުތު” ގެ ނޫސްވެރިޔަކަށް ވެސް ފެނުނުކަމަށް ‘ވަގުތު ނޫހުން’ ވަނީ ބުނެފައެވެ

ސްމިތު، ސިއްދީގަށް ހަމަލާ ދިން މަންޒަރު އެ ސަރަހައްދުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކަށް އަރާފައިވާނެކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، އެ ވަގުތު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުންވެސް ތިއްބެވެ

ކޯޓު ކައިރިއަށް މީހުން އެއްވުމުން ފުލުހުން ސްމިތު އެސަރަހައްދުން ދުރަށް ގެންގޮސްފައިވީ ނަމަވެސް ސްމިތު ހައްޔަރު ކޮށްފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ