English Edition
Dhivehi Edition

އުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ހާޝިގްޖީގެ ހަށިގަނޑު ހަވާލުކުރުމަށް އޭނާގެ ދެ ފިރިހެން ދަރިން އެދިއްޖެ އެވެ.

ހަސަން ޚާޝުގްޖީ އަދި އަބްދުﷲ ހާޝިގްޖީ ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ބައްޕަގެ މަރަކީ އަނިޔާވެރި މަރަކަށް ނުވާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި ބައްޕަ މަރުވިއިރު ބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށްވެސް އުއްމީދު ކުރާކަމަށެވެ. މީގެ އިތުރުން މި ދެ ދަރިން ބުނެފައިވަނީ ބައްޕަގެ ހަށިގަނޑު ނުފެންނަނީސް އާއިލާ އަށް ހަމަޖެހުމެއް ނުލިބޭނެ ކަަމަށާއި ބޭނުން ވަނީ އާއިލާގެ އެހެންމީހުންނާ އެއްތަނެއްގައި މަދީނާގެ އަލް ބާގީ ސިމެޓްރީގައި ބައްޕަ ވަޅުލަންކަމަށެވެ

ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި ހާޝުގްޖީ މަރާލާފައިވާތާ އެއް މަސް ވެފައިވާއިރު، އޭނާގެ ހަށިގަނޑު ވީތަނެއް އަދި އަދަށް ދާންދެން ވެސް ނޭނގެ އެވެ.ސައުދީ އަރަބިއާ އިން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު ބޭރުގެ މީޑިއާތަކުން ބުނެފައިވަނީ ހާޝުގްޖީ މަރާލުމަށް ފަހު ހާޝިގްޖީގެ ހަށިގަނޑު ކޮށާލާ އެސިޑް އަޅާ ނައްތާލަފައިވާކަމަށެވެ

ޖަމާލް ޚާޝުގްޖީގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން ވަނީ ވިދާޅުވެފައެވެ